ENGLISH

21 އޭޕްރީލު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް ވަޑައިގެންފި

15 ޖެނުއަރީ 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން އެ ޤައުމުގެ ޓާރްޓޫ ސިޓީއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރްޙަބާ ވިދާޅުވީ އެ ސިޓީގެ މޭޔަރ، މިސްޓަރ އަރްމަސް ކްލާސްއެވެ. ޓާރްޓޫ ސިޓީގެ މޭޔަރ، މިސްޓަރ އަރްމަސް ކްލާސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ޓައުން ހޯލް ސްކޮޔަރއަށް ޒިޔާރަތްކުރައްވައި، އެތަނުގެ ތާރީޚީ މުހިންމުކަމާ ބެހޭގޮތުން ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ޙިއްސާކުރައްވާފައެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ.

ޓާރްޓޫ ސިޓީއަކީ އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ. ޓާރްޓޫ ޓައުން ހޯލަކީ ވިޔަފާރީގެ އިތުރުން މީހުން އާބާދުވެފައިވާ މައިގަނޑު ސަރަޙައްދު ވެސްމެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ޔުނިވަރސިޓީ އޮފް ޓާރްޓޫ އާއި، އެސްޓޯނިއަން ބަޔޯބޭންކާއި، އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމް (އީ.އާރު.އެމް) އަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް، ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު