ENGLISH

21 އޭޕްރީލު 2025

Advertisement

ވައްކަންކުރަން އުޅުނު މީހާ ހުއްޓުވި ސްޓެލްކޯގެ މުވައްޒަފަކަށް "މެޑަލް އޮފް ބްރޭވަރީ" ދީފި

15 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

މެޑަލް އޮފް ބްރޭވަރީ ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސްޓެލްކޯ

ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު ހުއްޓުވުމަށް މަސައްކަތްކަތްކުރި ސްޓެލްކޯގެ މުވައްޒަފުގެ އަގު ވަޒަންކުރުމުގެ ގޮތުން އޭނާ އަށް ސްޓެލްކޯގެ "މެޑަލް އޮފް ބްރޭވަރީ" ދީފިއެވެ. 

ސްޓެލްކޯގެ ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށްފައިވާ ގޮތުގައި އެކަމުގައި ދެން ހަރަކާތްތެރިވި މުވައްޒަފަށް ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ.

"އެ މުވައްޒަފުންގެ އަގުވަޒަންކޮށްފައި މިވަނީ ހިރާހާއި ނުރައްކަލުގެ ވަގުތުގައި ދައްކުވައިދިން ހިތްވަރާއި ކެރުންތެރިކަން ފާހަގަކުރުމުގެ ގޮތުން،" ޕޯސްޓްގައި ބުނެފައިވެއެވެ.

މެޑަލްއާއި ހަނދާނީ ލިއުން ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ސްޓެލްކޯ

މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށާއި އަދި މިފަދަ ހާދިސާތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ވަރަށް ޙައްސާސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ފިޔަވަޅު އަޅަމުން ދާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށް ސްޓެލްކޯގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ހުއްޓުވުމަށް މަސަައްކަތްކުރި މީހާއަށް ރެންޗަކުން ވަގު ވަނީ ހަމަލާދީފައެވެ. 

އެކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހުމީ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. ވައްކަންކުރަން އުޅުނު މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު