ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ސްޓެލްކޯގެ ކުރީގެ އެމްޑީ ޝަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފި

15 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ޝަރީފް ނޫސްވެރިންގެ ބައްދަލުވުމެއްގައި-- ފޮޓޯ: ސޯޝަލް މީޑިއާ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ޝަރީފުގެ ޕާސްޕޯޓް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހިފަހައްޓާފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މީޑިއާ އޮފިޝަލް ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.

އޮފިޝަލް ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. 

ޝަރީފުގެ މައްސަލައެއް އޭސީސީން ބަލަމުން އަންނައިރު، މިދިޔަ އެމްޑީޕީގެ ވެރިކަމުގައި އިސް މަގާމުތައް ފުރުއްވި ބޭފުޅުންނާއި ކުންފުނިތަކުގެ ވެރިންގެ މައްސަލަތައް އެކި އިދާރާތަކުން އަންނަނީ ތަހުގީގުކުރަމުންނެވެ. އޭގެ ތެރޭގައި ކޮރަޕްޝަނާ ގުޅުންހުރި ބޮޑެތި ތުހުމަތުތައް ކުރެވޭ މައްސަލަތައް ހިމެނެ އެވެ.

އެގޮތުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ޕާސްޕޯޓް މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅު ވަނީ ހިފަހައްޓައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު