ENGLISH

05 ޖުލައި 2025

Advertisement

ސޯޝަލް މީޑިޔާ ޕްލެޓުފޯމުތައް ބްލޮކުކުރަން ސަރުކާރުން ނުވިސްނާ: ހީނާ

15 ޖެނުއަރީ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ރައީސްއޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު

ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓްފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސްއޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ.

ހީނާ މިހެން ވިދާޅުވެފައި ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ގިނަ ބައެއްގެ މެދުގައި މަގުބޫލު އިންސްޓަގްރާމާއި ސްނެޕްޗެޓުގެ އިތުރުން ޓިކްޓޮކް މަނާކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނަނީ ޗުއްޓީއަށް ފަހު ބާއްވާ ފުރަތަމަ މަޖިލީހުގެ ޖަލްސާގައި ބިލެއް ހުށަހަޅައިގެން އެ ޕްލެޓްފޯމުތައް މަނާކުރަން އުޅޭ ކަމަށެވެ.

އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކެއް ބްލޮކްކުރުމަށް ސަރުކާރުން ވިސްނާފައިވާ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ހީނާ ވިދާޅުވީ، ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމަވާފައިނުވާ ކަމަށެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައި ވެސް ނުވާކަމަށެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤާނޫނުއަސާސީގެ އިންތަކާއި ޙުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުންކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

އިންސްޓަގްރާމް، ސްނެޕްޗެޓް އަދި ޓިކްޓޮކްއަކީ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ފްލެޓްފޯމުތަކެވެ.

ކިޔުންތެރިންގެ ހިޔާލު