ENGLISH
21 އޭޕްރީލު 2025
ޓްރާންސްފޯމަރަށް ދިން ގެއްލުން ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަށް ދިން ހަމަލާ، އެ ކުންފުނީގެ އެމްޑީ ކުށްވެރިކުރައްވައިފި
15 ޖެނުއަރީ 2025
|
ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީފައި. --ފޮޓޯ: ސްޓެލްކޯ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހާ ހުއްޓުވަން މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފަށް ދިން ހަމަލާ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
އަނިޔާވި ސްޓެލްކޯގެ މުވައްޒަފަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.
އެމްޑީ ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓްރާންސްފޯމަރުން ވައްކަންކުރަން އުޅުނު ވަގުތު އެތަނަށް އެޓެންޑްވި ސްޓެލްކޯގެ މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައިވާ ކަމަށެވެ. އަދި ޓްރާންސްފޯމަރަށް ގެއްލުންދިނުމާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައި ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ ފުލުހުންނާ ހަވާލު ކޮށްފައިވާ ވެސް އެމްޑީ ފަހުމީ ވިދާޅުވިއެވެ.
ޓްރާންސްފޯމަރަށް ގެއްލުންދީ ސްޓެލްކޯގެ މުވައްޒަފަށް ހަމަލާ ދިން މީހާގެ ވަނަވަރު ފުލުހުން ވަނީ އާންމުކުރައްވައިފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ށ. ބިލެތްފަހި، ޗަންބެއިލީގޭ އުމުރުން 37 އަހަރުގެ އިބްރާހިމް ޒާލިފް އެވެ.
ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ހައި ވޯލްޓޭޖް ދެ ޓްރާންސްފޯމަރަކަށް، ރޭވިގެން ގެއްލުންދީ، އެ ސަރަހައްދުން ވަރަށް ބޮޑަށް ކަރަންޓު ކެނޑިފައި ވަނިކޮށެވެ.