ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ޅެންވެރިންގެ ދުވަހު ރައީސް އެދިވަޑައިގަތީ ޅެންވެރިންގެ ޝުޢޫރުތަކުން ދަރިންގެ ތަރުބިއްޔަތަށް މަގު ދައްކުވައިދެއްވުމަށް

15 ޖެނުއަރީ 2025

|

ނަޒާހާ އިބްރާހީމް

މި އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ހުރިހާ ޅެންވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފި އެވެ.

ޅެންވެރިންގެ ދުވަހުގެ މުނާސަަބަތުގައި އެކްސްގައި ކުރެއްވި ތަހުނިޔާގެ ޕޯސްޓުގައި ރައީސް އެދިވަޑައިގެންނެވީ ޅެންވެރިންގެ ޝުޢޫރުތަކުން ދަރީންގެ ތަރުބިއްޔަތަށް މަގު ދައްކުވައިދެއްވުމަށެވެ. އަދި ޤައުމީ ލޯބި އިތުރު ކޮށްދެއްވުމަށާއި މަތިވެރި އަޚްލާގު ދިރުވައި އާލާ ކޮށްދެއްވުމަށެވެ.

ދިވެހި ބަހުގެ އެކަޑަމީން ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ 15 ވަނަ ދުވަހެވެ. މިއީ ދިވެހި ރާއްޖޭގެ 36 ވަނަ ޅެންވެރިންގެ ދުވަހެވެ.

މި ދުވަސް ފާހަގަކުރަނީ ކުޅަދާނަ ޝާޢިރު އިބްރާހިމް ޝިހާބުގެ ހަނދާނުގައެވެ. މިއަހަރުގެ ޅެންވެރިންގެ ދުވަސް ދިވެހިބަހުގެ އެކެޑެމީން ޚާއްސަކުރައްވާފައި ވަނީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަދި ކުޅަދާނަ ޅެންވެރިޔާ ޢަބްދުﷲ ޞާދިޤަށެވެ.

މި އަހަރުގެ ޅެންވެރިންގެ ދުވަހުގެ ޝިޢާރަކީ "އަހަންނަކީ ދިވެއްސަކީން. ދިވެހި އުޅުމުގެ ވެއްސަކީން." އެވެ. 

ކިޔުންތެރިންގެ ހިޔާލު