ENGLISH

21 އޭޕްރީލު 2025

Advertisement

އަޒަރުބައިޖާންގެ ވަފުދުގެ ބޭފުޅުންނަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރި ފުރުސަތުތަކާއި ބެހޭ މަޢުލޫމާތު ދެއްވައިފި

14 ޖެނުއަރީ 2025

|

އަހުމަދު ސައީދު

އިޤުތިޝަދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އާޒަރުބައިޖާނުގެ ވަފުދަށް މައުލޫމާތު ދެއްވަނީ.

ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި އަޒަރުބައިޖާންގެ މަތީފަންތީގެ ވަފުދުގެ ބޭފުޅުންނަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތު ދެއްވައިފިއެވެ.

އިޤުތިޝަދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު އެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި އިންވެސްޓުކުރެވެން ހުރި ދާއިރާތަކާބެހޭ މަޢުލޫމާތު އާޒަރުބައިޖާނުގެ ވަފުދުގެ ބޭފުޅުންނަށް މިއަދު ދެއްވާފައިވާ ކަމަށެވެެ.

ޤުތިޝަދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ޕޯސްޓް

މިގޮތުން ރިއަލްސްޓޭޓް ވިޔާފާރި އާއި އުމުރާނީ ދާއިރާއާއި އިމާރާތްކުރުމާއި ފަތުރުވެރިކަމާ އަދި ހަކަތައިގެ ދާއިރާއިން އިންވެސްޓުކުރުމަށް ހުރި ފުރުސަތުތަކާއި ބޭހޭގޮތުން، ވިޔާފާރިއާ ބެހޭ ވުޒާރާއިން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފައެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރުމާއި ގުޅޭ ގޮތުން އޮޅުންފިލުވަން ބޭނުންވާ ކަންކަންވެސް އެ ވުޒާރާއިން ވަނީ އާޒަރުބައިޖާނުގެ ވަފުދަށް އޮޅުންފިލުވައިދެއްވާފައެެވެ.

އަޒަރުބައިޖާންގެ ޑެޕިއުޓީ މިނިސްޓަރު މަމަޑޯވް އިސްވެ ހުންނަވާ މަތީ ފަންތީގެ ވަފުދެއްގައި އަޒަރުބައިޖާންގެ އެކްސްޕޯޓް އެންޑް އިންވެސްޓްމަންޓް ޕްރޮމޯޝަން އެޖެންސީ (އަޒްޕްރޯމޯ) ގެ އޮފިޝަލުންނާއި ޕްރައިވެޓް ސެކްޓާގެ މަންދޫބުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު