ENGLISH
21 އޭޕްރީލު 2025
މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން މަޢުލޫމާތު ބަދަލުކުރުމަށް އެސްޓޯނިއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި
14 ޖެނުއަރީ 2025
|
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެސްޓޯނިއާޔާއިއެކު އެއްބަސްވުމެއްގައި ސޮއިކުރުން
ރައީސް ޑރ. މުހައްމަދު މުޢިއްޒު، އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެސްޓޯނިއާއާ އެކު މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން މަޢުލޫމާތު ބަދަލުކުރުމަށް ފަހުމުނާމާއެއް ސޮއިކޮށްފިއެވެ.
މި ފަހުމުނާމާއެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެވެ. އެސްޓޯނިއާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ކްލައިމެޓް މިނިސްޓަރު ޔޯކޯ އަލެންޑައެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، މި ފަހުމުނާމާގެ ސަބަބުން ދެ ގައުމުގެ ގުޅުން ބަދަހިވެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި މައުލޫމާތު ބަދަލުކުރުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޯށްދޭނެ ކަމަށެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެސްޓޯނިއާޔާއިއެކު އެއްބަސްވުމެއްގައި ސޮއިކުރުން
ޚަލީލްް ފާހަގަ ކުރެއްވީ މި ފަހުމުނާމާގެ ބޭނުމަކީ ތިމާވެށީގެ މައްސަލަތަކަށް ހައްލުތަކެއް ހޯދައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ރާއްޖޭގައި ހަރުދަނާ ކުރުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެސްޓޯނިއާގެ މިނިސްޓަރ އޮފް ކްލައިމެޓް ޔޯކޯ އަލެންޑަރ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ އިޔާދަކުރަނިވި ހަކަތައާއި ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ފަންނިއްޔާތުގެ ދާއިރާއިން އެސްޓޯނިއާއިން ގެންގުޅޭ އީޖާދީ އުކުޅުތަކުގެ އެހީގައި، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމާއި، ހަކަތައަށް ކުރާ ޚަރަދުކުޑަކޮށް، ރާއްޖޭގެ ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.