ENGLISH

21 އޭޕްރީލު 2025

Advertisement

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

14 ޖެނުއަރީ 2025

|

ޝަރާ އަބްދުﷲ

އަމީނީ މަގު މަރާމާތުކުރަނީ

އަމީނީ މަގުގެ އިސްކަންދަރު ކޮށި ހިމެނޭ ސަރަޙައްދުގެ މަގު މަރާމާތުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީން) ފަށައިފިއެވެ.

އެ ކުންފުނިން މި މަސައްކަތް ފަށައިފައިވަނީ މަގުގެ ތާރުގަނޑު ހަލާކުވެގެން އާންމުންގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަޓަކައި ސެގްމަންޓް 11 އަދި 12 ގައި ހިމެނޭ ޣިޔާސުއްދީން ސްކޫލުން ފެށިގެން ކުރީގެ ހައުސިން މިނިސްޓްރީއާ ހަމައަށް ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތް ޖެހިގެން އައި ދުވަހުގެ ރެއާއި ހިސާބަށް 11 ވަނަ ސެގްމަންޓާއި ހަމައަށް ތާރުއެޅުމުގެ މަސައްކަތް ނިމިފައިވާކަމަށް އޭރުގެ އާރްޑީސީންވަނީ ވިދާޅުވެފައެވެ. މި މަސައްކަތް ކުރު މުއްދަތެއްގެތެރޭގައި ނިންމާ އޭރުވަނީ އައްމުންނަށް ހުޅުވާލާފައެވެ.

ނަމަވެސް މަގުގެ ތާރު އަޅާ ނިންމާ، ހުޅުވާލިތާ އަހަރެއް ނުވަނީސް އަމީނީމަގުގެ އިސްކަންދަރު ކޮށްޓާ ދިމާލުންވަނީ ތާރުގަނޑު އަޑިގުޑަންވެ ބައެއް ހިސާބުތަކުން އުފުލިފައެވެ. މީގެ ސަބަބުން އެ މަގުގައި ދުއްވާ އުޅަނދުތަކަށް ވަނީ ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންވެ އާރްޑީސީން މިހާރު ވަނީ މަގު އަލުން މަރާމާތުކުރުމުގެ މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު