ENGLISH

21 އޭޕްރީލު 2025

Advertisement

އުމްރާގެ އުސޫލާއި ޚިލާފުވި 19 ކުންފުންޏަކަށް ފިޔަވަޅު އަޅައިފި

14 ޖެނުއަރީ 2025

|

ޢަލީ ޝާހީން

ޢުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލާއި ޚިލާފުވި 19 ކުންފުންޏަކަށް ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ޚިލާފުވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި 19 ކުންފުންޏެއް ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ކުންފުނިތަކެއް ކަމެއް އަދި އާންމުކޮށްފައެ އްނުވެއެވެ.

ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން ގެޒެޓްކޮށްފައިވާ އުސޫލާ އެއްގޮތަށް ޢަމަލުކޮށްފައިނުވާ ބައެއް އެހެން ކުންފުނިތައް ވެސް ފާހަގަކުރެވިފައިވާތީ، އުސޫލަށް ޢަމަލުނުކޮށް ދޫކޮށްލި ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އުސޫލުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅުއްވާނެ ކަމަށް ޝަހީމް ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

ޝަހީމް ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން ދީފައިވާ ރަސްމީ ލައިސަންސް އެމްއެމްއޭ އަށް ދައްކައިގެން ޑޮލަރު ނެގުމަށް ފަހު އުމްރާއަށް މީހުން ނުގެންދާ ކުންފުންޏެއް ވެސް ފާހަގަވެފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ބަލައި އެކަން ސާބިތުވެއްޖެ ނަމަ، އެ ކުންފުނި 30،000ރ. އިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް ވެސް ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.

އުމްރާ އަށް މީހުން ގެންދިއުމުގެ އުސޫލާ ޚިލާފުވި ގިނަ ކުންފުނިތަކަކަށް ފިޔަވަޅު އަޅާފައި މިވަނީ މިދިޔަ ޑިސެމްބަރު މަހުގެ އުމްރާއަށް މީހުން ގެންގޮސް އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް އިން އެތައް ބަޔަކު ހާލުގައި ޖެއްސި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އުމްރާވެރިން ފައިސާ ދެއްކިޔަސް، އެ ފައިސާ އިން އުމްރާވެރިންގެ ދެކޮޅު ޓިކެޓް ހަމަނުޖައްސައި، އެހެން ކަމަކަށް އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް އެ ގްރޫޕުން ވަނީ އިއުތިރާފުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު