ENGLISH
21 އޭޕްރީލު 2025
އެމްޑީޕީއަކީ އެއްވެސް އިރެއްގައި ސުލްހައަށް ލޯބިކުރާ ޕާޓީއެއް ނޫން: މެމްބަރު މުޙައްމަދު ޢަލީ
14 ޖެނުއަރީ 2025
|
ބޮޑު ޚަބަރު ޕްރޮގްރާމުގައި މުޙައްމަދު ޢަލީ ވާހަކަ ދައްކަވަނީ
އެމްޑީޕީއަކީ އެއްވެސް އިރެއްގައި ސުލްހައަށް ލޯބިކުރާ ޕާޓީއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ އިދިކޮޅުގައި އޮންނައިރު އެމްޑީޕީގެ މަސައްކަތަކަށްވާނީ ގައުމު ހަލަބޮލިކޮށް، ހަމަޖެހުމާއި އަމާންކަން ނަގާލުން ކަމަށެވެ.
ޤާނޫނުއަސާސީގެ ދިފާޢުގައި ކަމަށްބުނެ އެމްޑީޕީން މިހާރު ހިންގަން ރާވާފައިވާ މަގުމަތީ ހަރަކާތަކީ އެކަމުގެ ސާފު ހެއްކެއްކަން ފާހަގަކުރައްވަމުން މުޙައްމަދު ޢަލީ ވިދާޅުވީ، ޤައުމުގެ ހަމަޖެހުން ނަގާލުމަށް މިހާރު މަސައްކަތްކުރަމުން އެގެންދަނީ ވެރިކަމުގައި ތިބިއިރު ހިންގާފައިވާ ޤާނޫނާ ޚިލާފު ކަންކަން މި ސަރުކާރުން ބަލާނެކަން އެނގޭތީ، އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ގާތުން، އަމާން އޮމާން ކަމާއެކު ވެރިކަން ކުރައްވަމުން ގެންދަވާތީ، އެމްޑީޕީން ބޭނުން ވަނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި، ސަރުކާރާމެދު ނަފްރަތު އުފެއްދުމަށެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ އެމްޑީޕީގެ ހަގީގީ ސިފަ މިހާރު އެނގޭ ކަމަށާއި އެކަންކަމަށް ރަނގަޅަށް ހޭލާ ތިބި ކަމަށެވެ.
އަދި އޭނާ ވަނީ އެމްޑީޕީގެ ފިތުނައިގައި އެއްވެސް ރައްޔިތަކު ނުޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.