ENGLISH
03 ފެބްރުއަރީ 2026
ކެފޭއެއްގެ ތެރޭގައި އިންދައި އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
14 ޖެނުއަރީ 2025
|
އެންމެ މަޤްބޫލު
މާފަންނު ކެފޭއެއްގެ ތެރޭގައި އިންދައި އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މާފަންނުގައި ހުރި ކެފޭއަކުން މީހަކު އަނބުރައިގަނެ ވެއްޓުމާއެކު ހޮސްޕިޓަލަށް ގެންދިޔަކަމުގެ ރިޕޯޓެއް ލިބިފައިވާކަމަށާއި އަދި މިހާރު އެމީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.
ނިޔާވެފައިވަނީ މ. މޫންޑްރޮޕްސް އުމުރުން 58 އަހަރުގެ އަހުމަދު ޝަރީފުއެވެ.
އޭނާ އަނބުރައިގަނެގެން ވެއްޓުނުއިރު އޭނާ އިނީ ޖޫސްތައްޓެއް ބޯންކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެެ.
މިފަހަކަށް އައިސް ކުއްލި މަރުތައް އިތުރުވެފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް މީހަކު ވަނީ ފެނިފައެވެ.