ENGLISH
21 އޭޕްރީލު 2025
ވިއްސާރަވެ މާލޭގައި ފެންބޮޑުވެދާނެތީ 9 ނަމްބަރު ފާލަމުން ކޯރެއް ކަނޑައިފި
14 ޖެނުއަރީ 2025
|
ވިއްސާރަވެ މާލޭގައި ފެންބޮޑުވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން 9 ނަމްބަރު ފާލަން ކައިރިން ކޯރެއް ކަނޑައިފިއެވެ.
ނުވަ ނަމްބަރ ފާލަމަކީ ޕޯސްޓް އޮފީހާ ކައިރި ސަރަހައްދެވެ. އެ ސަރަހައްދަކީ ބޯކޮށް ވާރޭވެހިއްޖެނަމަ ވަރަށް ބޮޑަށް ފެންބޮޑުވާ ސަރަހައްދެކެވެ. މާލެ އަށް މިފަހުން ކުރި ބޯ ވިއްސާރައިގައިވެސް އެންމެ ބޮޑަށް ފެންބޮޑުވި ސަރަހައްދުތަކުގެ ތެރޭގައި 9 ނަމްބަރު ފާލަން ހިމެނޭ ސަރަހައްދު ހިމެނެއެވެ.
އަންނަ ހޮނިހިރު ދުވަހާއި ހަމައަށް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، ވިއްސާރަވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ސަލާމަތީ ޚިދުމަތްތަކުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ދުރާލާ ވެލިބަސްތާ ޖެހުމާއި މާލޭގެ ތިން ސަރަހައްދެއްގައި ބެކަޕް ވެލި ބަސްތާތައް ބެހެއްޓުން ހިމެނެއެވެ.