ENGLISH
05 ޖުލައި 2025
އެމްޑީޕީން ރައީސް މުޢިއްޒުއާ ހަވާލުކުރީ ދިވެހިރާއްޖޭގެ ހުސް ތޮށިގަނޑެއް: މެމްބަރު އިބްރާހީމް
13 ޖެނުއަރީ 2025
|
ބޮޑު ޚަބަރު ޕްރޮގްރާމުގައި މެމްބަރު އިބްރާހީމް ވާހަކަ ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ރާއްޖެ އޮތީ ހުސް ތޮށިގަނޑަކަށް ހަދާލާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިބްރާހީމް ވިދާޅުވީ އެއީ އެމްޑީޕީން ދިވެހި ރައްޔިތުންނަށް ދީފައިވާ "ބޮޑު އަނިޔާއެއް" ކަމަށެވެ.
މެމްބަރު މިމޭރުމުން ވާހަކަ ދެއްކެވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖެ ދަރުވާލާފައިވާލެއް ބޮޑުކަމުން، އެކަން ފާހަގަ ކުރައްވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ރާއްޖެ ދަރުވާލާފައިވާ މިންވަރު 70 ބިލިއަނުން މައްޗަށް އަރައެވެ. އެހެންނަމަވެސް އޭގެ ތެރެއިން އަތްލެވޭ ތަރައްޤީއެއް، މައުނަވީ ތަރައްޤީއެއް ނުގެނެވުމުގެ އިތުރުން އާ އެސެޓްތަކެއް ވެސް އުފެއްދިފައި ނެތުމުން ގައުމަށްވީ ހުސް ގެއްލުމެވެ.
އެހެންވެ ބޮޑު ޚަބަރު ޕްރޮގްރާމުގައި އޭރުގެ ދިވެހިރާއްޖޭގެ އޭނާ ސިފަކުރެއްވީ "ހުސް ނަންބޯޑެއް"ގެ ގޮތުގައެވެ. އަދި ދިވެހި ޤައުމު ޑރ. މުޢިއްޒު ސަލާމަތް ކުރެއްވީ ގާދޫ ކޮލުން އޮޔާ ދަނިކޮށް ކަމަށް ވެސް އިބްރާހީމް ވިދާޅުވިއެވެ.
ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެމްޑީޕީ ޤާނޫނުއަސާސީއާ ޚިލާފަށް ފައިސާ ޗާޕުކޮށް ޤައުމުގެ އިގްތިޞާދު ފުން އަނދަވަޅަކަށް ވައްޓާލައި، ހުރިހާ މުވައްސަސާތަކެެއް ދަރަނިވެރި ކުރުވައި، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް މުޅިންހެން ހުސްކޮށްލާފައިވާތީ ކަމަށެވެ.
އިބްރާހީމް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުޢިއްޒު އެގެންދަވަނީ އެ ހުރިހާ ގޮންޖެހުންތަކެއް ގިރާކުރައްވަމުން ދިވެހިންނަށް ދިވެހިންގެ ރާއްޖެއެއް ޤާއިމް ކޮށްދެއްވަމުންނެވެ.