ENGLISH

21 އޭޕްރީލު 2025

Advertisement

ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު އަނެއްކާވެސް ދިވެހިރާއްޖެ އަށް

13 ޖެނުއަރީ 2025

|

ޝަރާ އަބްދުﷲ

ދިވެހި ޕާސްޕޯޓުގެ ރޭކިންގް. ފޮޓޯ: ހެންލީ އެންޑް ޕާސްޕޯޓް

ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަޤާމު ޖެހި ޖެހިގެން 6 ވަނަ ފަހަރަށް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

"ހެންލީ ޕާސްޕޯޓު ރޭކިންގްސް" ގެ ދިރާސާއިން ހާމަވާ ގޮތުގައި ރާއްޖެ އޮތީ ދުނިޔޭގެ ރޭކިންގެ 53 ވަނައިގައެވެ.

ދުނިޔޭގެ ޕާސްޕޯޓުތައް ދިރާސާކުރާ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާރޓްނާސްއިން އާންމުކުރާ "ހެންލީ ޕާސްޕޯޓް އިންޑެކްސް" އިން، ވިސާއާ ނުލައި މަހުން މަހަށް ދަތުރުކުރެވޭ ޤައުމުތަކުގެ ނިސްބަތުން އެ ގައުމުތަކުގެ ޕާސްޕޯޓް ރޭންކުރެއެވެ.

މި ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގެ ޕާސްޕޯޓު ވަނީ، ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގޮތުގައި އޮތް މަޤާމު އަނެއްކާވެސް ދަމަހައްޓާފައެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އޮތީ މި ލިސްޓުގެ 57 ވަނައިގައެވެ. ދިވެހި ޕާސްޕޯޓުގައި ދުނިޔޭގެ 94 ޤައުމަކަށް ވިސާއާ ނުލާ ދަތުރުކުރެވެއެވެ.

ހެންލީ ޕާސްޕޯޓު އިންޑެކްސްގައި އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަޤާމު ދަމަހައްޓާފައިވަނީ ވިސާއާ ނުލާ 195 ޤައުމަކަށް ދަތުރުކުރެވޭ ސިންގަޕޫރުގެ ޕާސްޕޯޓެވެ.

އަވައްޓެރި އިންޑިއާ މި ލިސްޓުގެ 85 ވަނައިގައި އޮތް އިރު ސްރީ ލަންކާ އޮތީ 96 ވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު