ENGLISH

21 އޭޕްރީލު 2025

Advertisement

އިތުރު ހަތަރު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

13 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ޤަވާއިދާ ޚިލާފަށް، އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ބިދޭސީން އަތުލައިގެންފައި ވަނީ ޓާސްކުފޯހުން ރޭ ކުރިއަށްގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި އާންމު ސިއްޙަތަށް ގެއްލުންވާގޮތަށް މާލޭގައި ބިދޭސީން އުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކުރުމަށް ފަހުގައެވެ. އިމިގްރޭޝަނުން ވިދާޅުވެފައި ވަނީ މި ބިދޭސީން ގެންގޮސްފައި ވަނީ ސައްޙަ ވިސާއެއް ނެތި އުޅުމުން ކަމަށެވެ.

އެގޮތުން މިތަނަކީ ގިނަ އަދަދެއްގެ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުންދާ ތަނެއްކަންވަނީ ފާހަގަކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތައް ފުޅާކޮށްފައިވާއިރު، ކޮންމެ ދުވަހަކު ހެން ދަނީ ރެއިޑުތައް ހިންގަމުންނެވެ. އެ ރެއިޑުތަކުގައި ބިދޭސީން މަސައްކަތްކުރާ ތަންތަނުގެ އިތުރުން އެމީހުން ދިރިއުޅޭ ތަންތަން ދަނީ ބަލައި ފާސްކުރަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު