ENGLISH
21 އޭޕްރީލު 2025
މާލޭގެ ބިމެއް ކޮންނަނިކޮށް އާސާރީ ބޮޑު ބަޑިއެއް ފެނިއްޖެ
13 ޖެނުއަރީ 2025
|
ޙަބީބު ބޭންކު ކުރިން ހުރި ބިން ކޮންނަނިކޮށް އެތަން ޒަމާނެއްވެފައިވާ އާސާރީ ބޮޑު ބަޑިއެއް ފެނިއްޖެއެވެ.
ދިވެހި ސަޤާފަތާއި ތަރިކައިގެ ޤައުމީ މަރުކަޒުން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މި ބޮޑު ބަޑި ފެނިފައިވަނީ މާލޭގެ ޗާންދަނީ މަގާއި ދަނބުގޯޅި ގުޅޭ ކަންމަތީގައި ކުރިން ހަބީބު ބޭންކު ހުރި ބިމުގައި އިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށް ކަމަށެވެ. އަދި ފެނުނު ބޮޑު ބަޑި މިހާރު ވަނީ މި މަރުކަޒުގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް ވެސް ޕޯސްޓުގަ ވަނީ ވިދާޅުވެފައެވެ.
ދިވެހި ބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ބޮޑު ބަޑިއަކީ 1600 ގެ އަހަރުތަކުގައި މާލޭގެ ބޮޑުފާރު ރާނާފައި ހުރި ސަރަހައްދުން ފެނުނު ބަޑިއެއް ކަމަށެވެ. އަދި އެ ބޮޑުބަޑި ފެނިފައިވަނީ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) މަޝްހޫރު ނަމުންނަމަ ބޮޑު ރަސްގެފާނުގެ ދުވަސްވަރު މާލޭގެ ހިމާޔަތުގައި ރާނާފައިހުރި ބޮޑުފާރު ހުރި ސަރަހައްދުން ކަމަށާއި އެހެންނަމަވެސް އެ ބަޑިއަކީ އެ ދުވަސްވަރުގެ ބަޑިއެއްކަމެއް އަދި ދެނެގަނެވިފައި ނުވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.