ENGLISH
21 އޭޕްރީލު 2025
ކިނބިދޫ ސްކޫލުގެ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް އެރަށު ކައުންސިލުން 85،000 ރުފިޔާގެ އެހީއެއް
13 ޖެނުއަރީ 2025
|
ކިނބިދޫ ސްކޫލުގެ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް އެރަށު ކައުންސިލުން 85،000 ރުފިޔާގެ އެހީއެއް
ތ. ކިނބިދޫ ސްކޫލުން ކުރިއަށް ގެންދާ ޓިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް، މި ވަގުތަށް ބޭނުންވާ ތަކެތި ގަތުމަށް 8،5000 ރުފިޔާ އެރަށު ކައުންސިލުން ހަދިޔާކޮށްފިއެވެ.
ކިނބިދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު އަބްދުﷲ ވިދާޅުވީ، އެ ސްކޫލުގެ 75 އަހަރާ ގުޅުވައިގެން ސްކޫލުގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ކުރިއަށް ގެންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި ކުލާސްރޫމްތަކާއި ސްޓާފް ރޫމަށް ބޭނުންވާ ޓީވީ އާއި ސްމާޓް ބޯޑާއި ޕްރޮޖެކްޓަރު ހޯދީ ކައުންސިލުން ދިން ބޮޑު އެހީތެރިކަމާ އެކުގައި ކަމަށެވެ.
ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސެއިން އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަށުގެ ތައުލީމީ ދާއިރާ ކުރިއެރުވުމުމަކީ ކައުންސިލްގެ ޒިންމާއަކަށްވުމުން ކައުންސިލްގެ މާލީ ގާބިލްކަން ހުންނަވަރަކުން މި ކަންކަމަށް އިސްކަންދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޒިންމާތަކުގެ ތެރޭގައި މަތީ ތަޢުލީމާއި، ރަށުގެ ރައްޔިތުންނާ، ޚާއްސަކޮށް ދަރިވަރުންނާ ގުޅުންހުރި ކަންތައްތަކުގެ ޒިންމާއެއް ކައުންސިލަށް ވެސް އެބަ އޮވޭ. ދެން އަޅުގަންޑުމެންނަށް އެބަފެނޭ ހަމަ ކޮންމެ ދުވަހެއްގެވެސް އެތަނުގެ މުވައްޒަފުން މިކުރާ ބުރަ މަސަތްކަތާއި، ޕްރިންސިޕަލް ވެސް ހަމަ އެތަނުގެ ތަރައްގީއާ އަދި ތަނުގެ ކުރިއެރުމަށް ކުރާ މަސަތްކަތް. ދެން އޭގެ ތެރޭ ކައުންސިލުގެ ވެސް ވިސްނުމަކަށް އައީ، ކައުންސިލްގެ މާލީ ގާބިލްކަން ހުންނަވަރަކުން މި ކަންކަމަށް އިސްކަންދިނުން،" ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސެއިން ވިދާޅުވިއެވެ.
ކައުންސިލުގެ އެހީގައި މި ފަހަރު ހޯދީ ސްމާޓް ހަތް ޓީވީ އާއި ދެ ޕްރޮޖެކްޓަރެވެ.
އެ ތަކެތި ހަރުކުރުމުގެ މައިގަނޑު ބޭނުމަކީ ސްޓާފްރޫމާއި ކުލާސްރޫމްތައް ޖިޓިޓަލްކޮށް ގުޅާލައި، ސްޓާފްރޫމުގައި ތިބެގެން ކުލާސްރޫމުގައި ކުރެވޭ މަސައްކަތްތަކަށް ސަޕޯޓް ދެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ.
ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ، ކުރިޔަށް އޮތް ތާނގައި ވެސް ކައުންސިލުން ތަޢުލީމީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދީ، މިނިސްޓްރީގެ އިތުރަށް ކައުންސިލްގެ ފޯރުން ތެރިކަން ހުންނަ ވަރަކުން ތައުލީމީ ދާއިރާ ކުރިއަރުވަން މަސަތްކަތްކުރާނެ ކަމަށެވެ.
ގުރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ކިނބިދޫ ސްކޫލުގައި 300 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.