ENGLISH
21 އޭޕްރީލު 2025
އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓް ޕީއެންސީއާ ގުޅުމުން ރައީސްގެ ތަހުނިޔާ
13 ޖެނުއަރީ 2025
|
ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި އަހުމަދު ރަޝީދު (ދޮންކޮޅު)
އިދިކޮޅު އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ރަޝީދު (ދޮންކޮޅު) ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއާ ގުޅުމުން، ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ދަންނަވައިފިއެވެ.
މުލިއާގޭގައި ބޭއްވި ހަފްލާގައި، އަހްމަދު ރަޝީދު ޕީއެންސީ އަށް ސޮއިކޮށް، އޭނާގެ ފޯމް ހަވާލުކުރީ ރައީސް މުޢިއްޒުއާއެވެ. މި ހަފްލާގައި ޕީއެންސީގެ ޗެއާރޕާސަން ޢަބްދުއްރަހީމް އަބްދުﷲ އާއި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ބައިވެރިވެޑައިގަތެވެ.
އަހުމަދު ރަޝީދު ޕީއެންސީއާ ގުޅުމުން އެޕާޓީއިން ވެސް ވަނީ މަރުޙަބާ ކިޔާފައެވެ.