ENGLISH
21 އޭޕްރީލު 2025
މޫސުމަށް ސަމާލުވުމަށް އެންޑީއެމްއޭއިން އިލްތިމާސްކުރައްވައިފި
13 ޖެނުއަރީ 2025
|
މިއަދުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ
މިއަދުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ދިމާވެދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އިރުން ހުޅަނގު ދެކުނުން، ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ރާއްޖޭގެ ހުޅަނގަށް ޖެހި ރާއްޖެ އާއި ގާތަށް ޖެހެމުންދާ ކަމަށެވެ. އަދި، މިވަގުތު ރާއްޖެ ސަރަޙައްދުގައި ބޯވިލާ ޖަމާވަމުންދާ ކަމަށާއި މިއަދުގެ ވަގުތުތަކުގައި ރާއްޖެއަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން، މެޓް އޮފީހުން ވަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. މި ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވޭ ކަމަށާއި ޚާއްސަކޮށް، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
އެހެންކަމުން، އެންޑީއެމްއޭއިން ވަނީ ކުރިއާލާ މޫސުމަށް ރައްކާތެރިވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން އިރުޝާދު ދެއްވައިފައެވެ.
އެގޮތުން، ދުރާލާ ވެލިބަސްތާ ޖެހުން ފަދަ ކަންކަން ކުރުމަށާއި އަތޮޅުތެރޭގެ ރަށްތަކުގައިވެސް އުދައިގެ އަސަރުކޮށްގެން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ކައުންސިލްތާ ގުޅިގެން މަސައްކަތްކުރުމަށް ވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
މެޓު އޮފީހުން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރު އިތުރުން ގަޑިއަކު ގާތްގަނޑަކަށް 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލއަށް ވައިގަދަވުން އެކަށީގެންވާކަމަށާއި ރާއްޖޭގެ ކަނޑުތައް މިއަދު އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިނުގައިކަމަށް މެޓުން ވިދާޅުވެއެވެ.