ENGLISH

21 އޭޕްރީލު 2025

Advertisement

ފަހުގެ ތާރީޚެއްގައި ޓެކްނޮލޮޖީއަށް އެންމެ ބޮޑު އިސްކަމެއް ދެއްވި ވެރިއަކީ ރައީސް ޑރ. މުޢިއްޒު: ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތު

13 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ޑރ. ކިނާނަތަށް ސްޓޭޓް މިނިސްޓަރުކަމުގެ ފަތްކޮޅު ރައީސް ހަވާލުކުރައްވަނީ.

ފަހުގެ ތާރީޚެއްގައި ޓެކްނޮލޮޖީއަށް އެންމެ ބޮޑު އިސްކަމެއް ދެއްވާ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން ޑރ. ކިނާނަތު ވިދާޅުވީ، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކުގައި ޓެކްނޮލޮޖީގެ ވާހަކަ ރައީސް ފާހަގަކުރައްވާ ކަމަށާއި މެނިފެސްޓޯގައި ޓެކްނޮލޮޖީގެ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައިވާ ކަމަށެވެ.

އެގޮތުން އެންސީއައިޓީގެ ފަރާތުން ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް ހައްދަވާފައިވާކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މި އެކްޝަން ޕްލޭނަކީ ރައީސްގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތަކާ ގުޅޭ އަދި އެކިއެކި ފޯރަމްތަކުގައި ޓެކްނޮލޮޖީއާ ގުޅޭގޮތުން ރައީސް ދައްކަވާފައިވާ ވާހަކަފުޅުތައް ވެސް ހިމެނޭނެ ގޮތަަށް އެކުލަވާލާފައިވާ ޕްލޭނެއް ކަމަށެވެ. އަދި މި އެކްޝަން ޕްލޭން ކުރިއަށްގެންދާނީ އެކި އަހަރުތަކަށް ބަހާލައިގެން ކަމަށް ވެސް ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތު ވިދާޅުވިއެވެ.

މީގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާއަށް ރައީސް ދެއްވާ އަހައްމިއްޔަތު ޓެކް އިންޑަސްޓްރީގެ ބޭފުޅުން ފާހަގަކުރައްވާކަން ހާމަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ އެސްޓޯނިއާ ދަތުރުވެގެންދާނީ ވަރަށް ތާރީޚީ ދަތުރަކަށް ކަމަށެވެ. ރައީސްގެ އެސްޓޯނިއާގެ ދަތުރުފުޅުގައި އެއް ޤައުމުން އަނެއް ޤައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތަޢުލީމީ ދާއިރާގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދަތުރުފުޅުގައި މަޝްވަރާތައް ކުރައްވާނީ، އީޖާދީ އުފެއްދުންތެރިކަމާއި އަދި ފަންނިއްޔާތުގެ ދާއިރާގައި އެސްޓޯނިއާއިން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށެވެ. އެސްޓޯނިއާގެ ރައީސަށް ލަފާއަރުވާ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުން އިންތިޒާމުކުރާ ރައުންޑް ޓޭބަލް ބައްދަލުވުމެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު