ENGLISH
21 އޭޕްރީލު 2025
އެމެރިކާ ސިފައިންނާ ގުޅިގެން އެމްއެންޑީއެފް އިން އަސްކަރީ ތަމްރީނުތަކެއް ފަށައިފި
13 ޖެނުއަރީ 2025
|
"އެކްސަސައިޒް ފްލޭޝް މެޓަލް – 2025- 7006" ތަމްރީންތައް ފެށުމުގެ ރަސްމިއްޔާތު. -- ފޮޓޯ/އެމްއެންޑީއެފް
އެމެރިކާ ސިފައިންނާ ގުޅިގެން އެމްއެންޑީއެފުން އަސްކަރީ ތަމްރީނުތަކެއް ފަށައިފި އެވެ.
"އެކްސަސައިޒް ފްލޭޝް މެޓަލް 2025 - 7006" ގެ ނަމުގައި ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، މޭޖަރ މޫސާ ނިޔާޒުއެވެ.
މި ތަމްރީނުތައް ކުރިއަށްދާނީ މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ގިރިފުށްޓާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ނިސްބަތްވާ ލ. އަތޮޅުގެ ބައެއް ރަށްތަކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައެވެ. އެގޮތުން މި ތަމްރީނުތަކުގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑްރަން އާއި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ މެންބަރުންނާއި، އެމްއެންޑީއެފް މެރިންސް ބައިވެރިވެއެވެ. މި ތަމްރީނުތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ، އެމެރިކާ އަސްކަރިއްޔާގެ ސިފައިންނެވެ.
މިއީ، އެމްއެންޑީއެފްގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ތަމްރީނުތަކުގެ ބައެކެވެ.