ENGLISH

21 އޭޕްރީލު 2025

Advertisement

‎ރައީސުލްޖުމްހޫރިއްޔާ، އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

12 ޖެނުއަރީ 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

‎ޖަނަވަރީ މަހުގެ 13 އިން 16 އަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި، މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

‎ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ވަފުދު، މި ދަތުރުފުޅުގައި ސަމާލުކަން ދެއްވާނީ، އެއް ޤައުމުން އަނެއް ޤައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތަޢުލީމީ ދާއިރާގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.

‎މިދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ އަމާޒާއި އެއްގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަގު އެކަށައެޅުމެވެ. ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްކަންދެއްވާ ކަމެކެވެ. އެ އަމާޒަށް ވާސިލްވުމުގެ ގޮތުން، އެކަން އެކި މަންސަތަކުގައި ޕްރޮމޯޓް ކުރުމާއި، އެކުވެރި ދައުލަތްތަކާއެކު ގުޅިގެން ޑިޖިޓަލް އަދި ދެމެހެއްޓެނިވި ކުރިމަގެއްް ބައްޓަންކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު