ENGLISH

21 އޭޕްރީލު 2025

Advertisement

އިއާދަކުރަނިވި ހަކަތައަށް 17 މެގަވޯޓު އެއް އަހަރު ތެރޭ އިތުރުކުރެވިއްޖެ

12 ޖެނުއަރީ 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިތާ އެއް އަހަރު ތެރޭގައި ދިވެހިރާއްޖޭގައި އުފައްދާ އިޢާދަކުރަނަވި ހަކަތައަށް 17 މެގަވޯޓު އިތުރުކުރެވިފައިވާކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

އަބޫދާބީގއި ކުރިއަށްދާ އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ)ގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ފާއިތުވި އެއް އަހަރު ތެރޭގައި ރާއްޖޭގައި އިޢާދަކުރަނަވި ހަކަތައިން އުފައްދާ ކަރަންޓު 53 މެގަވޯޓުން 70 މެގަވޯޓަށް އިތުރުވެފައިވާ ކަމަށެވެ. 

އަދި 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ދުބާއީގައި އޮތް ކޮޕް-28 ސަމިޓުގައި ވާހަކަދައްކަވަމުން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިޢާދަކުރަނަވި ހަކަތައިން އުފެއްދެވުމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިހާރުވެސް 170 މެގަވޯޓުގެ ކަރަންޓު އިޢާދަކުރަނަވި ހަކަތައިން އުފެއްދުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ހިނގަމުންދާ ކަމަށެވެ. 

މޫސުމީ ބަދަލުތަކަކީ ތަރައްޤީވަަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރައްވައި، ވަޒީރު ޠާރިޤު ވަނީ ދުނިޔޭގެ މަތީ ފަށަލަތަކުގެ ހޫނުމިން 1.5 ޑިގުރީގައި ހިފަހެއްޓުމަށް ކަނޑައަޅާފައިވާ އަމާޒު ހާސިލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލައްވާފައެވެ. 

ވަޒީރު ވިދާޅުވެފައިވަނީ ދުނިޔޭގެ ހުރިހާ ރައްޔިތުންނަށާއި މުޅި މިބިމުގެ މުސްތަޤުބަލު ޔަޤީންކުރުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މިހާރުއްސުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު