ENGLISH
21 އޭޕްރީލު 2025
މި ރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްކޭހެއް
12 ޖެނުއަރީ 2025
|
ކުރިއަށް އޮތް ރޯދަ މަހު އިނާޔަތެއްގެ ގޮތުން ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދޭން ނިންމާފައިވާ ކަމަށް މިފްކޯ އިން ވިދާޅުވެއްޖެއެވެ.
މި ރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާން އެހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ބޭއްވި ހަފުލާގައެވެ. ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން މިފްކޯ އިން ވިދާޅުވީ، ރަމަޟާން މަހު ގޭބިސީތަކަށް މަސްދަޅު ކޭސް ބެހުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިފްކޯއިން ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަހު ކޮންމެ ގޭބީސީއަކަށް ދިނުމަށް ހަމަޖެހިފައިވަނީ 48 ދަޅުގެ މަސްދަޅު ކޭހެއް ކަމަށާއި، މިފްކޯއިން ކޮންމެ ރަމަޟާން މަހަކަށް ލައްކައަކާ ގާތްކުރާ އަދަދަކަށް މަސްދަޅު ކޭސް ތައްޔާރު ކުރެއެވެ.
ސަރުކާރުން މިދިޔަ އަހަރު ވަނީ ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓް ބިލުން ޑިސްކައުންޓް ދެއްވައިފައެވެ.