ENGLISH
05 ޖުލައި 2025
ގޭބަންދުގައި ހުރި މީހަކު އަނެއްކާވެސް ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި
12 ޖެނުއަރީ 2025
|
ކްރިމިނަލް ކޯޓު (ފޮޓޯ/ ދައުރު)
ވައްކަމުގެ މައްސަލައެއްގައި ގޭބަންދުގައި ހުރި މީހަކު ވައްކަން ކުރި ކަމުގެ ތުހުމަތުގައ އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
މިހާރުވެސް ވައްކަމުގެ މައްސަލައެއްގައި ގޭ ބަންދުގައި ހުރި އުމުރުން 40 އަހަރުގެ ފިރިހެންމީހާ ހައްޔަރުކުރީ މާލެއިންނެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ އޭނާ 15 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ ހައްޔަރުކުރީ ވަގަށް ނަގާފައިވާ ފޯނުތަކަކާއެކު އެވެ. އެ ވަގުތު، އެނާ ބުނެފައިވަނީ އެ ފޯނުތަކަކީ އޭނާގެ ރަހުމަތްތެރިއަކު ވިއްކަން ހަވާލުކުރި ފޯނުތަކެއް ކަމަށެވެ. އެކަމަކު، އެ ފޯނުތައް ހޯދީ އެ ތާކައިރީގައި ހުރި ކާޓެލްއެއް ފުލުހުން ބަލާފާސްކުރަނިކޮށް ބޭރަށް ނެރެފައިހުރި ދަބަހެއްގެ ތެރެއިން ކަމަށް ޝަރީއަތުގައި ފަހުން އޭނާ ބުނެފައިވެއެވެ. އަދި، އެ ދަބަހުން ފޯނުތަކެއް ނަގަން ޖެހޭ މަގުބޫލު ސަބަބެއް އޭނާއަށް ބުނެދެވިފައިނުވާ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
ކޯޓުން އަމުރުގައިވާ ގޮތުން އެއީ މީގެކުރިން ވެސް ވައްކަމުގެ މައްސަލަތަކުގައި އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާ މީހެކެވެ. މިހާރުވެސް ވައްކަމުގެ މައްސަލައެއްގައި ގޭބަންދުގައި ހުރި އެ މީހާ، ހާދިސާގެ ވަގުތު ބޭރުގައި އުޅުނީ ބެލެނިވެރިޔަކާއެކު ކަމަށް ބުނި ނަމަވެސް ސީސީޓީވީ ފުޓޭޖުން އޭނާ އެކަނި ހަރަކާތްތެރިވާ މަންޒަރުކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ އެ ފޯނުތައް ވަގަށް ނެގި ފިހާރައިގެ ދޮރަށް ގެއްލުންދޭ މަންޒަރާއި ފިހާރަ ހުންނަ ސަރަހައްދުން ހިނގާފައިދާ މަންޒަރު ވެސް ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ.