ENGLISH

21 އޭޕްރީލު 2025

Advertisement

ސަރުކާރުން ޤާނޫނުތަކަށް ބަދަލު ގެންނަނީ ދުރު ރާސްތާއަކަށް ވިސްނައި، ޤައުމާއި ރައްޔިތުންގެ ލާބައަށްޓަކައި: މެމްބަރު ޢަބްދުއްސައްތާރު

12 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ޢަބްދުއްސައްތާރު އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

މިހާރުގެ ސަރުކާރުން ގާނޫނުތަކާއި ޤާނޫނު އަސާސީއަށް ބަދަލު ގެންނަނީ ދުރު ރާސްތާއަކަށް ވިސްނައި، ޤައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް އިސްކަން ދީގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު ޢަބްދުއްސައްތާރު މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި ޤާނޫނު އަސާސީއަށާއި ޤާނޫނުތަކަށް މިހާތަނަށް ގެނެވުނު އިސްލާހުތަކުގެ މަންފާ ލަސްތަކެއް ނުވެ ރައްޔިތުންނަށް ލިބެން ފަށާނެއެވެ. 

މެމްބަރު ވިދާޅުވީ ދުންފަތާ ދެކޮޅަށް ޤާނޫނީ ގޮތުން އެޅުނު ފިޔަވަޅުތަކަކީ ދިވެހިންގެ ދިރިއުޅުމާއި އާދަކާދައަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އާންމު ޞިއްޙަތުގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަން ޖެހި، މިހާތަނަށް ވެސް އެއްވެސް ސަރުކާރަަކަށް ކުރެވިފައި ނުވާ ކަމެއް ކަމަށެވެ. ދުންފަތާ ބެހޭ ޤާނޫނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ޢާންމުންގެ މެދުގައި ބަހުސް ހިނގި ކަމުގައިވިއަސް، އެ ބަދަލުތަކުގެ ސަަބަބުން ރައްޔިތުންނަށް ދުރު ރާސްތާގައި ފައިދާ ވާނެ ކަމަށް ވިދާޅުވިއެވެ. 

އަދި ޤާނޫނު އަސާސީގެ ވަކިވަކި މާއްދާތަކަށް ގެނެވިފައިވާ އިސްލާހުތަކަށް ޖުމްލަކޮށް ބަލާލުމުން ފެންނަނީ ރައްޔިތުން އިތުރަށް ބާރުވެރި ކުރުވި، ގައުމީ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަ ވެގެން ދާތީކަން ފާހަގަ ކުރައްވަމުން ސައްތާރު ވިދާޅުވީ އަލަށް ފާސްކުރެވުނު ބޭރު ފައިސާގެ ޤާނޫނުން ރައްޔިތުންނަށާއި މުޅި ގައުމަށް، ވަކިން ޚާއްސަކަޮށް މުޅި މާލީ އަދި އިޤްތިޞާދީ ނިޒާމަށް ލަހެއް ނުވެ ވަރަށް ބޮޑަށް ލުއި ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ. 

ބޭންކްތަކަށް ކުރިމަތިވެފައިވާ ބޭރު ފައިސާ ލިބުމުގެ ދަތިިކަން ހައްލުވެ، ޑޮލަރުގެ ކަޅުބާޒާރު ނެތިގެން ދިއުމުގެ އިތުރުން ވިޔަފާރިވެރިންނަށް އެމީހުންގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ބޭރު ފައިސާގެ ލުއިތައް ލިބިގެން ދިއުމުން ތަކެތީގެ އަގު ތިރިކުރުމަށް ވެސް އެހީއަކަށް ވެގެންދާނެ ކަމަށް ސައްތާރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު