ENGLISH
21 އޭޕްރީލު 2025
ޕޮލިސިންގ އިނޮވޭޝަން އެންޑް ލީޑަރޝިޕް ކޯހުގައި ބައިވެރިވުމަށް ދިވެހި ފުލުހަކު ދުބާއީއަށް
12 ޖެނުއަރީ 2025
|
ޕޮލިސިންގ އިނޮވޭޝަން އެންޑް ލީޑަރޝިޕް ކޯހުގައި ބައިވެރިވުމަށް ދިވެހި ފުލުހަކު ދުބާއީއަށް--- ފޮޓޯ/ޕޮލިސް
ދުބާއީ ޕޮލިހާއި ރޮޗެސްޓަރ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ - ދުބާއީން އިންތިޒާމުކޮށްގެން ބާއްވާ "ޕްރޮފެޝަނަލް ޑިޕްލޮމާ އިން ޕޮލިސިންގ އިނޮވޭޝަން އެންޑް ލީޑަރޝިޕް" ކޯހުގައި ބައިވެރިވުމަށް ދިވެހި ފުލުހަކު ދުބާއިއަށް ހިނގައްޖެއެވެ.
މި ކޯހުގައި ބައިވެރިވަނީ ދިވެހި ފުލުހުންގެ ކޮންސްޓަބަލް އާމިނަތު މުޝްރިފާއެވެ.
މި ކޯހަކީ ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ ރެސިޑެންޝަލް ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ޒަމާނީ އުކުޅުތަކާއި، ލީޑަރޝިޕް ހުނަރުތައް އަދި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ކުރިއެރުން ގެނެސްދޭނެ އާ ވިސްނުންތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ. މި ކޯހުގައި 8 އެކަޑަމިކް މޮޑިއުލްއާއި 5 ޓެކްޓިކަލް މޮޑިއުލް ހިމެނެއެވެ.
ހަތަރު މަސްދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފަކަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. މި ކޯސް ނިމޭނީ 10 މެއި 2025 ގައެވެ.
މި ކޯހުގެ އެކަޑަމިކް މޮޑިއުލްތަކުގެ ތެރޭގައި އެކުވެރި އަރަބި އިމާރާތުގެ މުޖުތަމައާއި ޤާނޫނު ތަންފީޒުކުރުން، އަލަށް ތައާރަފުވަމުންދާ ޓެކްނޮލޮޖީތައް، ފުލުހުންގެ ލީޑަރޝިޕް އަދި އިނޮވޭޝަން، ސްމާޓް ސިޓީތަކުގައި ފުލުހުންގެ ޚިދުމަތް ދިނުން، އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ފަދަ މުހިންމު މޮޑިއުލްތައް ހިމެނެއެވެ. އަދި ޓެކްޓިކަލް މޮޑިއުލްތަކުގެ ތެރޭގައި ހަތިޔާރު ބޭނުންކުރުމާއި، ހާދިސާތައް މެނޭޖްކުރުމާއި، ކްރައިސިސް ނެގޯޝިއޭޝަން ފަދަ އަމަލީ ތަމްރީނުތައް ހިމެނެއެވެ.