ENGLISH
21 އޭޕްރީލު 2025
އެމްއެންޔޫގެ "ސުފުރާ މަތިން" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2025
|
އެމްއެންޔޫގެ އިމާރާތް. ފޮޓޯ: އެމްއެންޔޫ
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ބާއްވަމުން އަންނަ ކާބޯތަކެތީގެ މައުރަޒެއް ކަމަށްވާ " ސުފުރާ މަތިން" ގައި ބައިވެރިވުމަށް ހުޅުވައިލައިފިއެވެ.
ދިވެހި ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ހުނަރު ދައްކާލުމަށް އަމާޒުކޮށްގެން ބާއްވާ މި ހަރަކާތަކީ 2025 ފެބްރުއަރީ 13 އަދި 14 ގައި އެމްއެންޔޫގެ އިދާރީ މަރުކަޒުގައެވެ.
ހެނދުނު 11:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާ މި މައުރަޒުގައި ބައިވެރިވުމަށް އެމްއެންޔޫއިން ވަނީ ފުރުޞަތު ހުޅުވާލައިފައެވެ. މި މައުރަޒުގެ މަޤްޞަދަކީ ކާބޯތަކެތި އުފެއްދުމުގައި ހަރަކާތްތެރިވާ ފަރުދުންނާއި ވިޔަފާރިތަކަށް ބައިވެރިވުމުގެ ފީއެއް ނުނަގައި އެމީހުންގެ އުފެއްދުންތައް ދައްކާލުމެވެ.
މައުރަޒުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ލިންކް މެދުވެރިކޮށް އެޕްލައި ކުރެވޭނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖެނުއަރީ 30، 11:00 އެވެ.