ENGLISH

21 އޭޕްރީލު 2025

Advertisement

ވަންގަވް އަދާހަމަކޮށް މުޅިން އައު ޚިދުމަތްތަކާއެކު މިމަހު އިފްތިތާހުކުރަނީ

12 ޖެނުއަރީ 2025

|

ޝިފްޒާން އަޙްމަދު

ވަންގަވްއަކީ ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަައް ޑިޖިޓަލައިޒްކޮށް އެއް މަންސައަކުން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ޕޯޓަލެކެވެ.

އެއް ތަނަކުން ފަސޭހަކަމާއެކު ސަރުކާރުގެ ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޤާއިމުކޮށްފައިވާ ވަންގަވް ޕޯޓަލުގެ ޚިދުމަތްތައް އަދާހަަމަކޮށް އައު ޕޯޓަލެއް މިމަހު އިފުތިތާޙުކުރާނެކަމަށް އެ ޕޯޓަލުގެ މަސައްކަތްކުރާ ޓްރޭޑްނެޓު ކުންފުނީގެ ޗެއާމަން ސިޔާހު ޚަލީލު ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާއަށް އިއްޔެ ދެއްވި ބަސްދީގަތުމެއްގަައި ސިޔާހު ވިދާޅުވީ ވަންގަވް ޕޯޓަލުގެ 2.0 ވާޝަން ތައްޔާރުކުރުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށާއި، ދެން އޮތީ އައު ޕޯޓަލު އިފުތިތާޙުކުރުން ކަމަށެވެ. 

މީގެ ކުރިން ސަރުކާރުގެ އެކި އިދާރާތަކުން ފޯރުކޮށްދެމުން އައި ޚިދުމަތްތައް އޮންލައިންކޮށް ފަސޭހައިން އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޤާއިމުކުރި ވަންގަވް ޕޯޓަލުގައި ހުރި އެކި މައްސަލަތައް އާންމުން ފާއިތުވި ދުވަސްތަކުގައި އަންނަނީ ފާހަގަކުރަމުންނެވެ. 

އެ މައްސަލަތައް ޙައްލުކުރުމަށް ޓްރޭޑްެނެޓްއިންވަނީ ވަންގަވް އަދާހަމަކުރުމުގެ މަޝްރޫޢެއް ފަށާފައެވެ. އެއް އަހަރު ތެރޭ އެ މަސައްކަތް ނިމިފައިވާއިރު ވަންގަވްއަށް ގިނަ ރަނގަޅު ބަދަލުތަކެއް ގެނެވިފައިވާކަން ސިޔާހު ފާހަގަކުރެއްވިއެވެ. 

ސިޔާހު ވިދާޅުވި ގޮތުގައި ވަންގަވް ބޭނުންކުރާ ފަރާތްތަކުން ބޭނުންކުރަންޖެހޭ ފަަށަލަ ނުވަތަ ޔޫސާ އިންޓަފޭސް އަދާހަމަކޮށް ބޭނުންކުރަން ފަސޭހަވާނެހެން ފަރުމާއަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އޭގެ އިތުރަށް ވަންގަވްގައި މިހާރު ފޯރުކޮށްދެމުން އަންނަ އެކި ޚިދުމަތްތަކުގެ ފެންވަރުވެސް ކުރިއަށްވުރެ މަތިކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

"ވަންގަވް ޓޫ ޕޮއިންޓް އޯ ލޯންޗްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ މި މަސް ތެރޭގައި ލޯންޗްކުރެވިގެންދާނެ. އެއީ އޭއައި އިންޓަގްރޭޓެޑް، ބެޓަރ ޔޫއައި، އެންހޭންސް ނިއު ފީޗަރވެސް އޭގެތެރޭގައި ހިމެނިގެން ދާނެ،" ސިޔާހު ވިދާޅުވި އެވެ.

މިހާރު ވަންގަވް މެދުވެރިކޮށް ދައުލަތުގެ 13 އިދާރާއަކުން 300 އަށްވުރެ ގިނަ ޚިދުމަތް ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވަމުން ސިޔާހު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތަނުގައި އެ ޕޯޓަލު މެދުވެރިކޮށް ދެމުންދާ ޚިދުމަތްތަކާއި، ޕޯޓަލުން ޚިދުމަތްދޭ އިދާރާތައްވެސް އިތުރުވާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު