ENGLISH

21 އޭޕްރީލު 2025

Advertisement

މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ދެވަނަ ވިމެންސް އެޑިޝަން އައްޑޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފި

12 ޖެނުއަރީ 2025

|

ޝަރާ އަބްދުﷲ

މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ފުރަތަމަ ވިމެންސް އެޑިޝަންގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ދެވަނަ ވިމެންސް އެޑިޝަން މި މަހުގެ 25 ވަނަ ދުވަހު އައްޑޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަންހެނުންނަށް ހާއްސަކޮށްގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯއިން) ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ވިމެންސް އެޑިޝަން ބާއްވާ މިއީ ދެވަނަ ފަހަރެވެ.

މި ކޮންފަރެންސްގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމުތަކަށް އަންހެނުން ދިއުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ އަންހެނުންނަށް މުޖްތަމައުގެ ފަރާތުން ކުރިމަތިވާ ކަންކަމުގެ މައްޗަށެވެ.

މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ފުރަތަމަ ވިމެންސް އެޑިޝަންގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ކޮންފަރެންސްގެ ޕެނަލިސްޓުންގެ ގޮތުގައި ތިއްބަވާނީ މި ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު އަންހެނުންނެވެ. އޯޑިއަންސްގައި އަންހެނުންނާއި ފިރެހެނުން ވެސް ބައިވެރިވާނެ ކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ. އެ ފަރާތްތަކުގެ ތަޖުރިބާއަށް ބަލައި އެކަންކަން ހައްލުކުރުމަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަދައްކާނެއެވެ.

މި ކޮންފަރެންސްގައި ބިޒްނަސް ސެންޓާރ ކޯޕަރޭޝަން، ބީބީސީއިން އިންތިޒާމުކުރާ ޓްރެއިނިންގ ސެޝަނެއްވެސް ކުރިއަށްގެންދާނެއެވެ.

އޮންލައިންކޮށް މި ކޮންފަރެންސްގައި ބައިވެރިވުމަށް މަޓާޓޯއިން މިހާރު ވަނީ ހުޅުވާލައިފައެވެ.  

ކިޔުންތެރިންގެ ހިޔާލު