ENGLISH

21 އޭޕްރީލު 2025

Advertisement

މައްކާގައި ތާށިވި ޢުމްރާވެރިން ރާއްޖެ ގެނެސްފި

12 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ފޮޓޯ: އެމްއެމް ޓީވީ

މައްކާގައި ތާށިވެ ރާއްޖެ ނާދެވުނު ޢުމްރާވެރިން މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

އަލް ހިޖްރަ ގްރޫޕުގެ ހަވާލުގައި ޢުމްރާގެ އަޅުކަމަށް ގޮސް، ރާާއްޖެ ނާދެވި ސައުދީ އަރަބިޔާގައި ތާށިވީ 24 މީހުންނެވެ. ހާލުގައި ޖެހުނު އުމްރާވެރިންގެ ތެރޭގައި 12 އަހަރުގެ 3 ކުދިން ތިއްބެވެ. 

އުމްރާވެރިން ދަތުރުގެ ދެކޮޅު ޓިކެޓަށް ދެއްކި ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ އެ ފައިސާ އެ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ކުންފުނިން ވަނީ އިއުތިރާފުވެފައެވެ. ހާލުގައި ޖެހުނު ޢުމްރާވެރިން ރާއްޖެ ގެނެސްފައި ވަނީ އިއްޔެ އެވެ. 

އުމްރާވެރިން ހާލުގައި ޖެއްސި ކުންފުންޏަށް އުސޫލުގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ޝައީދު ވަނީ ވިދާޅުވެފައެވެ. 

އެގޮތުން، އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުމްރާއަށް ދިޔަ މީހުން ރާއްޖެއަށް ނާދެވި މައްކާގައި ހާލުގައިޖެހުނު މައްސަލައިގައި، މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ކުންފުނި 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައިފައެވެ. އަދި އެ ގްރޫޕްގެ ފަރާތުން އުމްރާއަށް ގޮސް ޙާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރި ޚަރަދު އެ ގްރޫޕްގެ އަތުން ހޯދުމަށާއި، އުސޫލާ ޚިލާފުވި މައްސަލަ ތަޙްޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހެޅުމަށް ވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު