ENGLISH
21 އޭޕްރީލު 2025
މާދަމާއިން ފެށިގެން މޫސުން ގޯސްވާނެ: މެޓް އޮފީސް
12 ޖެނުއަރީ 2025
|
މާދަމައިން ފެށިގެން މޫސުން ގޯސްވާނެ ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވެއްޖެ އެވެ.
އެހެންނަމަވެސް، މިއަދުގެ މޫސުމަށް ބަލާއިރު ބައެއް ރަށްތަކަށް ކެރީގެެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 03 މޭލައި 13 މޭލާ ދެމެދުގައި ވައިޖެހޭނެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެ ރާޅުގެ އުސްމިން 2-4 ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ނިމިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ށ. ފުނަދޫއަށް 24.9 މިލިލީޓަރުގެ ވާރެއެވެ. ދެން އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ. ކުޅުދުއްފުށްޓަށް 23.1 މިލިލީޓަރ ވާރޭ އަދި ރ.އިފުރަށް 10.0 މިލިލީޓަރ ވާރޭ އެވެ.