ENGLISH

05 ޖުލައި 2025

Advertisement

މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފެށުމުން އޮޑިފަހަރު މަހަށް ނުކުންނަވަރު އިތުރުވެއްޖެ

12 ޖެނުއަރީ 2025

|

ޝިފްޒާން އަޙްމަދު

މަސް ކިރުވާތާ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ލިބެމުންދޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން މިފްކޯއިން ފެށުމާއެކު މަސްވެރިކަމަށް ނުކުންނަ އޮޑިފަހަރު އިތުރުވެ، މަސް ކިރުވާ މިންވަރުވެސް އިތުރުވާން ފަށައިފިއެވެ. 

ރައީސްގެ އިސްނެންގެވުމަށް މިފްކޯއާއި ފިނޭންސް މިނިސްޓްރީ އަދި ބޭންކު އޮފް މޯލްޑިވްސްގެ މެދުގައި ޤާއިމުކުރި ޚާއްޞަ އެއްބަސްވުމާ އެއްގޮތަށް މިހާރު މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެމުންދެއެވެ. އެގޮތުން ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން، މަސް ކިރުވާތާ 48 ގަޑިއިރުނުވަނީސް މިފްކޯއިން އަންނަނީ އޮޑިވެރިންގެ އެކައުންޓުުތަކަށް ފައިސާ ޖަމާކޮށްދެމުންނެވެ. 

އައު އަހަރު ފެށުނު ފަހުން މިފްކޯއިންވަނީ ދިހަ ދުވަހުގެ މަތިން ޖުމްލަ 27،709،449 (ހަތާވީސް މިލިއަން ހަތްލައްކަ ނުވަހާސް ހަތަރުސަތޭކަ ސާޅީސްނުވަ) މިލިއަން ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި މަސްވެރިންނަށް ދޫކޮށްފައެވެ. 

މި އަހަރުގެ ފުރަތަމަ ހަފުތާގައި މަސްކިރުވާފައިވަނީ 45 އޮޑިން ނަމަވެސް  ޖަނަވަރީ 9، 2024 ވަނަަ ދުވަހު 110 އޮޑިއަކުން މަސްކިރުވާފައިވާކަން މިފްކޯއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައެވެ. 

އަދި އެ މުއްދަތުގެ ތެރޭގައި މަސް ކިރުވާ މިންވަރު އިތުރުވެ މަސްވެރިންނަށް ދޫކުރަމުން އައި ފައިސާގެ އަދަދުވެސް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާކަން މިފްކޯގެ ހިސާބުތަކުން ދައްކައެވެ. 

އެގޮތުން ޖަނަވަރީ 3 ވަނަ ދުވަހު 3.6 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރިއިރު ޖަނަވަރީ 11 ވަނަ ދުވަހު 5.7 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަން އެ ކުންފުނިން ހާމަކޮށްފައިވެ އެވެ. 

އަދި ޖަނަވަރީ މަހުގެ މިހާތަނަށް އެވެރެޖުކޮށް ކޮންމެ ދުވަހަކު 300 މެޓްރިކްޓަނަށްވުރެ ގިނަ މަސް، މަސްވެރިން އަަންނަނީ މިފްކޯއަށް ކިރުވަމުންނެވެ. މިފްކޯގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް މިފްކޯގެ ތިން ފެސިލިޓީއަކަށް ޖުމްލަ 321 މެޓްރިކްޓަނުގެ މަސް ކިރުވާފައިވެއެވެ. 

އެގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއަށް 50.70 މެޓްރިކްޓަނުގެ މަސް ކިރުވާފައިވާއިރު، ކޫއްޑޫއަށް 221.12 މެޓްރިކްޓަނުގެ މަސް ކިރުވާފައިވެއެވެ. އަދި އައްޑޫ ހުޅުދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 48.71 މެޓްރިކްޓަނުގެ މަސް ކިރުވާފައިވެއެވެ. 

ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސް ކިރުވާތާ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާއިރު، ރާއްޖޭގައި މަސް ރައްކާކުރުމުގެ ގާބިލުކަމާއި، ކިރުވާ މަހަށް އަގުއިތުރުކޮށްގެން ބޭރުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ކޯލްޑް ސްޓޯރޭޖާއި މަސް ކާރުހާނާތައް އެޅުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. 

މި މަސައްކަަތްތައް ނިމުމުން މަސްވެރިން ބާނާ މަހަށް އެކަށީގެންވާ ރަނގަޅު އަގެއް ދިނުމުގެ ގާބިލުކަން މިފްކޯއަށް ލިބިގެންދާނެކަމުގެ ޔަގީންކަން ސަރުކާރުންވަަނީ ދެއްވައިފައެވެ. 

މިފްކޯގެ ގާބިލުކަން އިތުރުކުރުމުގެ އިތުރަށް އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން މިފްކޯގެ ސީއީއޯކަމަށް މާލީ ދާއިރާގައި މަސައްކަތްކުރައްވައި، ރިސްކު މެނޭޖުކުރުމުގެ ދާއިރާއިން ގިނަ ދުވަހުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ސްވިޒްލޭންޑުގެ ބޭފުޅެއްކަމަށްވާ ޑރ.ވިތާލީ ލިޔުބޮމިވް އައްޔަންކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު