ENGLISH

21 އޭޕްރީލު 2025

Advertisement

މާފަންނު ފެން ހިންދާ ޕަންޕް ސްޓޭޝަނަށް ވަގުތީ ހައްލެއް ހޯދައި އޮޕަރޭޓްކުރަން ފަށައިފި

12 ޖެނުއަރީ 2025

|

ޝަރާ އަބްދުﷲ

މާފަންނު ޕަމްޕް ސްޓޭޝަން ވަގުތީ ގޮތުން މަރާމާތުކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ސްޓެލްކޯ އަދި އާރުޑީސީން ކުރަނީ.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މާފަންނު ސަހަރާގައި ހުންނަ ފެން ހިންދާ ޕަންޕް ސްޓޭޝަނަށް ސަރުކާރުން ވަގުތީ ހައްލެއް ހޯދައި އޮޕަރޭޓްކުރަން ފަށައިފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ރޭ ވިދާޅުވި ގޮތުގައި، މާފަންނު ސަހަރާ ހުސްކުރުމަށް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުގެ އިހުމާލުން އެތަނުގައި ހަދާފައިވާ ސްޓޯމް ވޯޓަރ ޕަމްޕް ވަނީ ސްޓޭޝަން ހަލާކުވެފައެވެ.

މާފަންނު ޕަމްޕް ސްޓޭޝަން ވަގުތީ ގޮތުން މަރާމާތުކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ސްޓެލްކޯ އަދި އާރުޑީސީން ކުރަނީ.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މިކަމާ ގުޅިގެން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، މާފަންނު ސަހަރާގައި ހުރި ފެން ހިންދާ ޕަންޕު ސްޓޭޝަން ހަލާކުވުމާ ގުޅިގެން ނެޓްވޯކްތައް ޗެކުކޮށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ސްޓެލްކޯގެ އެހީތެރިކަމާއެކު ވަގުތީގޮތުން އެޕަމްޕް ސްޓޭޝަން ބޭނުންކުރެވޭނެ ހާލަތަށް މިހާރު ގެނެވިފައިވާ ކަމަށާއި މާލެއަށް ވިއްސާރަކޮށް ފެންބޮޑުވާ ކޮންމެ ފަހަރަކު ވެސް އެކި ހިސާބުތަކުގައި ހުރި ވާރޭ ފެން ހިންދާ ޕަމްޕް ސްޓޭޝަންތައް އިންސްޕެކްޓުކޮށް، އެ ތަންތަން ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލާ ކަމަށެވެ. އަދި މިގޮތަށް ބެލިއިރު މާފަންނު ސަހަރާގައި ޤާއިމްކުރެވިފައިވާ ޕަންޕް ސްޓޭޝަނާއި އެ ސްޓޭޝަނަށް ގުޅާފައިވާ ހޮޅިތައް ބޭނުން ނުކެރެވޭވަރަށް ހަލާކުވެފައިވާކަމަށް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މާފަންނު ސަހަރާގެ ބައެއް ހުސްކުރުމަށް މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ ފަރާތުން އެ ވުޒާރާއަށް އެންގުމަކާ ނުލައި މަސައްކަތްކޮށްފައި ވަނީ ޒިންމާދާރުކަންކުޑަ ގޮތަކަށްކަމަށް ވިދާޅުވެ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު