ENGLISH
21 އޭޕްރީލު 2025
ޕާކިސްތާނަށް ފަހު ވަޒީރު ޑރ. ޝަހީމް ސަޢުދީ އަށް
12 ޖެނުއަރީ 2025
|
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ. ތައުފީޤު ރަބީޢާ / ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ޕާކިސްތާނުގެ އިސްލާމް އާބާދުގައި ބޭއްވި މުސްލިމް ވޯލްޑް ލީގުގެ ބައްދަލުވުމުގެ އިލްމުވެރިންގެ ސެޝަންގައި ތަޤްރީރު ކުރެއްވުމަށް ފަހު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ވިދާޅުވީ ވަޒީރު ޑރ. ޝަހީމް ސަޢޫދީ އަށް ވަޑައިގެންނެވީ އެ ގައުމުގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ. ތައުފީޤު ރަބީޢާގެ ދަޢުވަތަކަށް ކަމަށެވެ.
މީގެ އިތުރުން ވަޒީރު ޝަހީމުގެ މި ދަތުރުފުޅުގައި ރާއްޖެ އާއި ސަޢުދީ އަރަބިއްޔާއާ ދެމެދު ކޮންމެ އަހަރަކުވެސް ޤާއިމު ކުރާ ޙައްޖު އެގްރީމެންޓްގައި ސޮއިކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓްރީން ވިދާޅުވީ 1446 ވަނަ އަހަރު، ސައުދީގެ ޙައްޖު މިނިސްޓްރީ އިން ބާއްވާ ޙައްޖު މައުރަޒުގައި ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި ޙައްޖުގެ އިންތިޒާމްތައް ހަރުދަނާކުރުމަށް ޓަކައި އިސްލާމީ ޤައުމުތަކާއި ގުޅިގެން ސަޢުދީ ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.