ENGLISH
05 ޖުލައި 2025
އިނގިރޭސި ސަފީރު ގޭގައި ބޮޑުކުރި ރުއް ހުޅުމާލޭގައި އިންދައިފި
12 ޖެނުއަރީ 2025
|
އިނގިރޭސި ސަފީރު ކެރޮން ރޯސްލާ ގޭގައި ބޮޑުކުރި ރުއް ސެންޓްރަލް ޕާކުގައި އިންދައިފި --- ފޮޓޯ/ އެޗްޑީސީ
ރާއްޖޭގައި ހުންނަ ބްރިޓިޝް ހައި ކޮމިޝަނަރު ކެރޮން ރޯސްލާ ދިރިއުޅުއްވާ ގޭގައި ބޮޑުކުރި ރުކެއް އިއްޔެ ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިންދައިފިއެވެ.
ރާއްޖޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައި ކޮމިޝަނުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށް ފަހު، ކެރޮން މިހާރު ހުންނެވީ އެނބުރި ގައުމަށް ވަޑައިގަންނަވަން ތައްޔާރު ވެގެންނެވެ.
އެގޮތުން ސަފީރަށް އަލްވަދާއު ކިޔުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބޭއްވި ހަފުލާއެއްގައި ވަނީ އޭނާގެ ގޭގައި ބޮޑުކުރި ދިވެހި ރުކެއް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އިންދާފައެވެ.
އެޗްޑީސީން ބުނި ގޮތުގައި، އެތަނުގައި މި ރުއް އިންދީ ހައި ކޮމިޝަނަރުގެ ހައިސިއްޔަތުން ކެރޮން ކޮށްދެއްވި ހިދުމަތް އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ކެރޮން ވިދާޅުވި ގޮތުގައި، މިއީ 2021 ވަނަ އޭނާއަށް ހަދިޔާއަކަށް ލިބިވަޑައިގެންނެވި ކާއްޓެއް ގޭގެ ޓެރަސްގައި ބާއްވައިގެން ބޮޑުކުރި ރުކެކެވެ. އޭނާއަށް މި ކާށި ހަދިޔާކުރެއްވީ އިނގިރޭސި ހައި ކޮމިޝަނުގައި ކްލައިމެޓް ޗޭންޖު ޕޮލިސީ މެނޭޖަރަކަށް ކުރިން ހުންނެވި އަހްމަދު ފިޒާލެވެ.
ބްރިޓިޝް ހައި ކޮމިޝަނަރުގެ މަގާމަށް ކެރޮން ވަޑައިގަތީ 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ގައެވެ. އޭނާއަކީ ރާއްޖޭގައި ބްރިޓިޝް ހައި ކޮމިޝަން އަލަށް ހުޅުވައި، ސަފީރަކަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާއެވެ.