ENGLISH
21 އޭޕްރީލު 2025
ރައްޔިތުން މިއަދު ތިބީ ހެޔޮ ވެރިކަމެއް ކުރާތަން ބަލަން: ޒޫނާ
11 ޖެނުއަރީ 2025
|
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އާމިނަތު ޒޫނާ އެމްއެމްޓީވީގެ ''ބޮޑު ޚަބަރު" ޕްރޮގްރާމުގައި
ރައްޔިތުން މިއަދު ތިބީ ހެޔޮ ވެރިކަމެއް ކުރާތަން ބަލަން ކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އާމިނަތު ޒޫނާ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒޫނާ ވިދާޅުވީ، އިދިކޮޅު އެމްޑީޕީއިން ޤައުމުގެ މަޞްލަޙަތު ނަގާލަން ޖެހޭ އެއްވެސް ޙާލަތެއް ދިމާވެފައި ނުވާ ކަމަށާއި އެމްޑީޕީއިން މި މަހުގެ 31 ވަނަ ދުވަހު އެއްވާ އެއްވުމަކީ މި ޤައުމުގެ ހަމަޖެހުމާއި އަމަން އަމާންކަން ނަގާލުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށެވެ.
"ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްފާނެތީވެ އެހެންވެގެން އެމީހުން އެ އުޅެނީ ހަމަ ހަޖަމް ނުވެގެން. މިއަދު ފެންނަ މަންޒަރުތަކުން ވަރަށް ސާފުކޮށް އެބަ ފެނޭ ކުރިއަށްދާ މަންޒަރު ސަރުކާރުގެ ދުވެލި ވަރަށް ބާރުވާ ތަން. ސަރުކާރުގެ ދުވެލި ބާރުވާ ތަން ފެނުނީމަ ހަޖަމެއް ނުވާނެ. މި މަހު 31 ގައި ނިކުމެފައި ވެރިކަން ވައްޓަނީއޭ، ތިމަންމެން ވެރިކަން ވައްޓާލާނަމޭ ހުވާކުރަން ރެޑީގައޭ، ކެބިނެޓް އޮތީ ތައްޔާރަށްށޭ ބުނާއިރު އެގޮތަށް އެކަންވާނެތޯ؟ އެހެނެއް ވެސް އެކަމެއް ނުވާނެ. ރައްޔިތުން އެއަށްވުރެ މާ ހޭލުންތެރި. ރައްޔިތުން މިއަދު ތިބީ ހެޔޮވެރިކަމެއް ކުރާތަން ބަލަންވެގެން. " - ޒޫނާ
އާ އަހަރާއެކު، ޤައުމީ އެއާލައިނަށް ދުރު ރާސްތާ ދަތުރުތައް ކުރުމަށްޓަކައި ވައިޑްބޮޑީ އެއާކްރާފްޓެއް ގެނައުމަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ފައިދާ ކުރާނެ ކަމެއް ކަމަށާއި އެހެން ނަމަވެސް އެމްޑީޕީއިން އެކަމަށް ފާޑު ކިޔަމުންގެންދާ ކަމަށް ޒޫނާ ފާހަގަކުރެއްވިއެވެ.
"'' އެމަތިންދާ ބޯޓު ގެނައީމަ އިދިކޮޅު އެމްޑީޕީއިން މި ވިދާޅުވަނީ ތިމަންނަމެންވެސް ގެންނަންވެގެން އޮތީ ނިންމާފައޭ. ނިންމާފައި އޮތް ބަޔަކަށް ކިހިނެއްތޯ އެއްޗެއް ގެނެވޭނީ. އެބޯޓު ގެންނަންވެގެން ރާވައި އެބޯޓު ގެންނަން ނޫޅުނުކަން ނަސީބެއް. އެހެން ނޫންނަމަ ވެންޓިލޭޓަރަށް ވީވަރު ކަންނޭނގެ ވާނީ. އެއާޕޯޓު އޮތީ ބަނގުރޫޓްކޮށްލާފަ. މިއަދު ބޯޓެއް ގެނައީމަ އެކަމާ ޙަޖަމުނުވެގެން އެކަމަށް ހަޖޫ ޖަހައި ފާޑު އެކިޔަނީ. އެކަމު އެފާޑު ކިޔަންވާނީ އެރަނގަޅު ފާޑު. ރަނގަޅުކަމެއް ކުރީމަ، ރަނގަޅުކަމެއް ކޮށްގެން އެދޭ ތަރުހީބެއް ނުދޭ. ހަމަ އިދިކޮޅުން ނިކުމެގެން އެކަންކަން ގޯސްކުރަން މަސައްކަތްކުރަނީ " " - ޒޫނާ
މީގެ އިތުރުން ޒޫނާ ވިދާޅުވީ އެމްޑީޕީއިން ދައްކާ ވާހަކަ ރައްޔިތުން މިހާރު ޤަބޫލުއް ނުކުރާނެ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް މަންފާ ލިބޭ އެއްވެސް ކަމެއް ނުކުރާ ކަމަށް ޒޫނާ ވިދާޅުވިއެވެ.
ނިމިދިޔަ ވެރިކަމުގައި ރައްޔިތުންނަށް ގެއްލުންވާގޮތަށް ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަންތަކަކީ މަސްވެރިންނަށް ފައިސާ ނުދިނުމާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ ކުންފުނިތައް ބަނގުރޫޓުކޮށްލުންކަމަށް ޒޫނާ ފާހަގަކުރެއްވިއެވެ.