ENGLISH

05 ޖުލައި 2025

Advertisement

ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތް: މެމްބަރު ޢަލީ މޫސާ

11 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި މެމްބަރ ޢަލީ މޫސާ ވާހަކަ ދައްކަވަނީ

ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު ޢަލީ މޫސާ ވިދާޅުވެއްޖެއެވެ. 

އޭނާ މިހެން ވިދާޅުވީ އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްވަމުންނެވެ. 

މެމްބަރު ވިދާޅުވި ގޮތުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން މިހާރު ކުރާހާވެސް ކަމަކީ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް ގެނެސް ގައުމުގެ މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރުމެވެ. 

މިސާލެއްގެ ގޮތުން އޭނާ ނެންގެވީ އެންޓި ޑިފެކްޝަން ގާނޫނެވެ. އެ ގާނޫނަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ފާސްކުރި ގާނޫނެއްކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެ ގާނޫނު ފާސްކުރުމަށް ބަހުސް ކުރިއިރު އެމްޑީޕީ މެމްބަރުން ވަނީ އެއީ ޤާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލެއް ކަމަށް ވިދާޅުވެ ވާހަކަ ދަައްކަވާފައެވެ. އެހެންނަމަވެސް މި ސަރުކާރުން އެކަން ޤާނޫނު އަސާސީގައި ހިމެނުމުން އެކަމާ ދެކޮޅަށް އެ މެމްބަރުން މިހާރު ވާހަކަ ދެއްކުމަކީ މަސްލަހަތު ނަގާލުމުގެ ޢަމަލެއް ކަމަށް ޢަލީ މޫސާ ވިދާޅުވިއެވެ. 

ޤާނޫނު އަސާސީގެ ދިފާޢުގައި ކަމަށް ބުނެ އިދިކޮޅުން މުޒާހަރާކުރާއިރު، ދިފާޢުކުރަން އުޅެނީ ޤާނޫނުއަސާސީގެ ކޮން މާއްދާއެއް އަދި ކީއްވެގެން ކަމެއް އިދިކޮޅުން ރައްޔިތުންނަށް ބުނެއެއް ނުދެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަހުން ޤާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތަކަކީ ރައްޔިތުން ބާރުވެރި ކުރުވުމަށާއި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ސުލްހަ މަސަލަސްކަން ޔަގީން ކުރުމަށް ގެނެވިފައިވާ އިސްލާހު ތަކެކެވެ. 

އެފަދަ އިސްލާހުތަކާ ދެކޮޅަށް އެއްވެސް ޒިންމާދާރު ސިޔާސީ ޕާޓީއަކުން ދެކޮޅު ނުހަދާނެކަން ތަކުރާރުކޮށް މެމްބަރު ޢަލީ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ޒިންމާއަކަށް ވާން ވާނީ އިންތިހާބުތަކުގައި ބައިވެރިވުން ކަމަށާއި ނަމަވެސް މިހާރު ބާއްވާ ބައި އިލެކްޝަންތަކުގައިވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބައިވެރިވުމުގެ ބަދަލުގައި ކުރިއަށް ނެރެފައިވަނީ ޚިޔާލު ތަފާތުވުންތަކެވެ. 

ކިޔުންތެރިންގެ ހިޔާލު