ENGLISH

21 އޭޕްރީލު 2025

Advertisement

މާފަންނު ސަހަރާގެ ފެންހިންދާ ނިޒާމު ސިޓީ ކައުންސިލުގެ އިހުމާލުން ހަލާކުވެއްޖެ

11 ޖެނުއަރީ 2025

|

އަހުމަދު ސައީދު

މާފަންނު ސަހަރާގައި ގާއިމުކޮށްފައިވާ ފެންހިންދާ ނިޒާމަށް ލިބިފައިވާ ގެއްލުންްތައް.

މާފަންނު ސަހަރާގައި ހުންނަ ފެންހިންދާ ނިޒާމު، މާލޭ ސިޓީ ކައުންސިލުން، ގަބުރުސްތާނު ހުސްކުރުމުގެ ތެރޭގައި ހަލާކުކޮށްލާފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރަނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މާފަންނު ސަހަރާގެ ބިމުގައި ޕާކިން ބިލްޑިންގެއް ހެދުމަށްޓަކައި ސިޓީ ކައުންސިލުން އެ ބިން ހުސްކުރުމުގެ މަސައްކަތް ބަޔާކާއި ހަވާލުކޮށްގެން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހެވެ. މީގެ އަށެއްކަ އަހަރު ކުރިން، މާފަންނު ސަހަރާގައި ފެންހިންދާ ނިޒާމެއް ގާއިމުކުރީ، އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެންނެވެ. އެއީ ސަހަރާ ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ފެން ބޮޑުމުގެ މައްސަލަ ހައްލުކުރުމުގެ ބޭނުމުގައި ގާއިމުކުރި ނިޒާމެކެވެ.

މިނިސްޓަރ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރަހާރާގައި ކޮންނަން ނުޖެހޭ ހިސާބެއްގައި ގާއިމުކޮށްފައިހުރި، ފެން ހިންދާ ނިޒާމު ހަލާކުވީ ސިޓީ ކައުންސިލާއި މަސައްކަތް ކުރި ފަރާތުގެ ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން ކަމަށެވެ. އެ ނިޒާމު ހަލާކުވުމުގެ ސަބަބުން، މިހާރު އެ ސަރަހައްދުގައި އިތުރަށް ފެން ބޮޑުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ބިމާއި އުމްރަނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބުގެ ޕޯސްޓް

މިނިސްޓަރގެ ޕޯސްޓަށް ރައްދު ދެއްވާ މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާފަންނު ސަހަރާގެ ފެން ހިންދާ ނިޒާމަށް ގެއްލުންވިއިރު، އެ ނިޒާމުހުރީ ބަޔަކު ގެއްލުން ދިނުމުގެ ސަބަބުން ބޭނުން ނުކުރެވޭނެ ހާލަތެއްގައި ކަމަށެވެ. ޢާޒިމް ވިދާޅުވީ މައުލޫމާތު ލިބިވަޑައިގެންފައިވާ ގޮތުގައި މީގެ 5 ވަރަކަށް މަސް ކުރިންވެސް އެ ނިޒާމު ހުރީ ބޭނުން ނުކުރެވޭ ހާލަތެއްގައި ކަމަށެވެ. 

މިނިސްޓަރ މުއްތަލިބު ފަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެން ހިންދާ ނިޒާމުތައް މިނިސްޓްރީން ގަވާއިދުން ބަލަހައްޓަމުން ގެންދަވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު