ENGLISH

21 އޭޕްރީލު 2025

Advertisement

އަންހެނުންނަކީ ވެސް ޢިލްމުވެރި ބަޔަކަށް ހެދީ އިސްލާމްދީން: ވަޒީރު ޝަހީމް

11 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ޕާކިސްތާނުގެ އިސްލާމް ދީނުގައި ބޭއްވި މުސްލިމް ވޯލްޑް ލީގުގެ ބައްދަލުވުމުގައި ވަޒީރު ޝަހީމް (ކ): ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

އިސްލާމް ދީނުގައި ޢިލްމު އުނގަންނައިދިނީ ހަމައެކަނި ފިރިހެނުންނަށް ނޫންކަމާއި އަންހެނުންނަކީ ވެސް ޢިލްމުވެރި ބަޔަކަށް ހެދީ އިސްލާމްދީން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ އިސްލާމް އާބާދުގައި ބޭއްވި މުސްލިމް ވޯލްޑް ލީގުގެ ބައްދަލުވުމުގެ އިލްމުވެރިންގެ ސެޝަންގައި ތަޤްރީރު ކުރައްވަމުން ވަޒީރު ޝަހީމް ވިދާޅުވީ އިސްލާމްދީނަކީ އަންހެނުންނާއި ފިރިހެނުންނަށް ޢިލްމު އުނގަންނައިދިން ދީން ކަމަށެވެ.

އިސްލާމީ މުޖުތަމަޢުތަކުގައި އަންހެންދަރީންނަށް ތައުލީމު ދިނުމާ ބެހޭގޮތުން ބޭއްވި ބައިނަލްއަޤުވާމީ މި ކޮންފަރެންސްގައި ޝަހީމް ވިދާޅުވީ އިސްލާމްދީނަކީ ޢިލްމުގެ ދީންކަމާއި އިންސާނީ ޙަޔާތުގެ އަސާސަކީ އިލްމު ކަމަށެވެ. އަދި ވަޒީރު ވިދާޅުވީ ކީރިތި ރަސޫލާގެ އަނބިކަނބަލުން ޢާއިޝަތުގެފާނަކީ ޢިލްމުވެރި ނަމޫނާއެއް ކަމަށެވެ. އަދި ރަސޫލާގެ ޙަޔާތްޕުޅުގައި އަންހެނުންނަށް ޢިލްމު ދެއްވުމަށް ވަކި ވަގުތެއް، އިތުރު އެކަލޭގަފާނު ޚާއްޞަ ކުރެއްވިކަން ސާބިތުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ތަޤްރީރުގައި ވަނީ ޢިލްމު ފެތުރުމަށް ރާބިތާއިންނާއި ސަޢުދީ އަރަބިއްޔާގެ ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާކިސްތާނާއި އިސްލާމީ އެންމެހައި ޤައުމުތަކުން ޢިލްމު ފެތުރުމަށް ކުރައްވާ މަސައްކަތް ވަޒީރު ފާހަގަކުރެެއްވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަކީ މުސްލިމު ވޯލްޑް ލީގުގެ ސްޕްރީމް ކައުންސިލްގެ މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު