ENGLISH
05 ޖުލައި 2025
އައިރީނާ އެސެމްބްލީގެ 15 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޠާރިޤު ޔޫއޭއީގައި
11 ޖެނުއަރީ 2025
|
މިނިސްޓަރ ޠާރިޤް އިބްރާހީމް ޔޫއޭއީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން / ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ (އައިރީނާ) ގެ އެސެމްބްލީގެ 15 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނާރޖީ، ޠާރިޤް އިބްރާހީމް، ޔޫއޭއީ އަށް ވަޑައިގެންފިއެވެ.
މި ޖަލްސާގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ފަރާތްތަކާއި، ތިމާވެށީގެ ދާއިރާގެ މާހިރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިނިސްޓަރ ޠާރިޤް މި ޖަލްސާގައި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރައްވާނެއެވެ. އަދި މި ދާއިރާއިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރައްވާނެއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޠާރިޤް ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިޔާރާތްކުރައްވާފައެވެ. މި ޒިޔާރާތުގައި އެމްބެސެޑަރ މުޙައްމަދު ޙުސައިން ޝަރީފު (މުންދު) އާ ބައްދަލުކުރައްވާ، އެންވަޔަރަންމަންޓް މިނިސްޓްރީގެ މެންޑޭޓްގެ ދަށުން ހިމެނޭ މުހިންމު ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
އަދި އެމްބަސީއަށް ކުރެއްވި މި ޒިޔާރަތުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ދިވެހިރާއްޖެ އާއި ޔޫއޭއީ އާ ދެމެދު އޮތް ދޭދޭ ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ މެދުގައި އިތުރު މަޝްރޫޢުތައް ހިންގުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.