ENGLISH

21 އޭޕްރީލު 2025

Advertisement

ރޭ މާލެއަށް ކުރި ވިއްސާރައިގައި 18200 ޓަނުގެ ފެން ބޭރުކުރި

11 ޖެނުއަރީ 2025

|

ޢަލީ ޝާހީން

ރޭ މާލެ އަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑިއެފުން ހަރަކާތްތެރިވަނީ --- ފޮޓޯ: އެމްއެންޑިއެފް

ރޭ މާލެއަށް ކުރި ބޯ ވިއްސާރައިގައި 18200 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. 

މާލެ ސަރަހައްދަށް ރެއިން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރެއާ ގުޅިގެން މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާއިރު، މިއަދުގެ ހެނދުނު ހަޔަކާ ހަމައަށް 18200 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށާއި ގިނަ ގެތަކަކަށް އެހީތެރިކަން ވެސް ފޯރުކޮށްދޭން ޖެހުނު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. 

ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މާލެ އިން ފެން ހިންދުމަށްޓަކައި 8 ސަރަހައްދެއްގައި 19 ޕަންޕު ޖަހައިގެން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެގޮތުން، ވެސްޓް ޕާކް ސަރަހައްދުގައި ހަތަރު ޕަމްޕާއި އައިޖީއެމްއެޗު ސަރަހައްދުގައި ތިން ޕަމްޕާއި މާފަންނު ފެރީ ޓާމިނަލް ކައިރީގައި ތިން ޕަމްޕާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕާއި ބޮޑުވަޅު ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕާއި ކުޑަކުދިންގެ ބަގީޗާ ކައިރީގައި އެއް ޕަމްޕާއި ބިހުގެ ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕް އަދި އެމްޕީއެލް ސަރަހައްދުގައި އެއް ޕަމްޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް މިހާރު ވެސްދަނީ ކުރަމުންނެވެ. 

ސިފައިން ބުނިގޮތުގައި، މިހާތަނަށް 46 ގެއަކަށް ވަނީ އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިއަދުގެ މޫސުން ކުރިއަަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައިވާގޮތުގައި އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަަށް ލަފާ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު