ENGLISH

21 އޭޕްރީލު 2025

Advertisement

ހުޅުމާލެ ފޭސް 2 ގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އާންމުންނަށް ނުރައްކާވާ ގޮތަށް ދޫކޮށްލައިފި

11 ޖެނުއަރީ 2025

|

އަހުމަދު ސައީދު

ސްޓެލްކޯގެ ޓްރާންސްފޯމަރަށް ގެއްލުން ދީފައި: މިކަން ކޮށްފައިވަނީ ޓްރާންސްފޯމަރާ ކުޅެން ދައްނަ ބައެއް-- ފޮޓޯ/ ސްޓެލްކޯ

ހުޅުމާލެ ފޭސް 2 ގައި ހުރި ހައި ވޯލްޓޭޖް ޓްރާންސްފޯމަރަކަށް މިއަދު ބަޔަކު ގެއްލުންދީ، އާންމު ނުރައްކަލަކަށް ހުށަހެޅޭ ގޮތަށް ދޫކޮށްލާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ތަޅު ހަރުކޮށް ނުވަދެވޭ ގޮތަށް ހަދާފާއިހުރި ތަނެއްގައި ބަހައްޓާފައިވާ ޓްރާންސްފޯމަރަށް ގެއްލުން ދީފައިވަނީ ތަޅު ހަލާކުކޮށްލައިގެން ވަދެއެވެ. އަދި ގެއްލުން ދީފައިހުރި ގޮތަށް ބަލާއިރު، އެކަމަކީ ޓްރާންސްފޯމަރާއި ކުޅެންދަންނަ އެކަމުގެ އިލްމު ހުރި ބަޔަކު ކޮށްފައިވާ ކަމެއްކަން އެނގޭކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.

ފަހުމީ ވިދާޅުވި ގޮތުގައި ޓްރާންސްފޯމަރަކާ ކުޅުމަކީ ފުރާނައަށް ވެސް ނުރައްކާވާވަރުގެ ކަމަކަށްވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ނައްތާލައި ޓްރާންސްފޯމަރެއް މިފަދަ ގޮތަކަށް ދޫކޮށްލުމަކީ، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ވެސް ނުރައްކަލަކަށް ހުށަހެޅިދާނެފަދަ ކަމެކެވެ.

ޓްރާންސްފޯމަރަކަށް ގެއްލުންދީގެން މީގެ ކުރިން ހިތާމަވެރި ހާދިސާއެއް ހިނގާފައިވާއިރު، މިއީ ހުރިހާ ފަރާތްތަކަކުން ވެސް ހޭލުންތެރިވެ ސަމާލުވާން ޖެހޭ ކަމެއްކަން ފަހުމީ ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު