ENGLISH

21 އޭޕްރީލު 2025

Advertisement

ލުބްނާނުގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ޖޯސެފް އައޫންއަށް، ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

11 ޖެނުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު

ލުބްނާނުގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ހިޒް އެކްސެލެންސީ ޖޯސެފް އައޫންއަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދިވެހިރާއްޖެ އާއި ލުބްނާނާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ބިނާވެފައިވާ ގާތް ގުޅުމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ލުބްނާނަށް ޞުލްޙަމަސަލަސްކަމާއި އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވުމުގައި ލުބްނާނުގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ހިޒް އެކްސެލެންސީ ޖޯސެފް އައޫންއަށް، ޙިކުމަތްތެރިކަމާއި ކާމިޔާބަށް އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ލުބްނާނުގެ އާ ރައީސް، އައޫންއަށް ދުޅަހެޔޮ ޞިއްޙަތެއްގައި ލެހެއްޓެވުމާއެކު، އުފާފާގަތިކަމާއި، ލުބުނާނުގެ އަޚުވަންތަ ރައްޔިތުންނަށް ޞުލްޙަމަސަލަސްކަމާއި ކުރިއެރުން ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ލުބްނާނުގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ޖޯސެފް އައޫންއަކީ މީގެ ކުރިން ލުބުނާންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ. މިގޮތުން ވަކިން ޚާއްސަކޮށް ޓެރެރިޒަމްއާ ދެކޮޅަށް ޖޯސެފް އައޫން ކޮށްފައިވާ މަސައްކަތްތައް ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު