ENGLISH
21 އޭޕްރީލު 2025
މިނިސްޓަރ ޑރ. ޝަހީމް މުސްލިމް ވޯލްޑް ލީގުގެ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނަށް
10 ޖެނުއަރީ 2025
|
މިނިސްޓަރ ޝަހީމް ޕާކިސްތާނުގައި.
މުސްލިމް ވޯލްޑް ލީގު ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ޕާކިސްތާނަށް ވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ ޝަހީމް ރާއްޖެ ތަމްސީލް ކުރައްވާނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން "ގާލްސް އެޑިއުކޭޝަން އިން މުސްލިމް ކޮމިއުނިޓީސް: ޗެލެންޖްސް އެންޑް އޮޕަޗުނިޓީސް" ގައި ކަމަށެވެ.
މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެ ތަމްސީލުކުރައްވާ މިނިސްޓަރު ޝަހީމް، މުސްލިމް މުޖުތަމަޢުތަކުގެ ތަޢުލީމުގެ މުހިންމު ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާ، މަޖިލީހުގެ ރައީސްގެ ޚާއްސަ ނޯޓެއް ދެއްވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މި ކޮންފަރެންސް އަކީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ އިރުޝާދުގެ ދަށުން މުސްލިމް ވޯލްޑް ލީގާ ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގެ ސަބަބުން އިސްލާމީ ޤައުމުތަކުގެ ތަޢުލީމީ ވަޒީރުންނާއި އ.ދ. ހިމެނޭހެން ބައިނަލްއަޤުވާމީ ޖަމިއްޔާތަކާއި އިޖުތިމާޢީ ޖަމިއްޔާތަކުގެ މަންދޫބުންނާއި އަންހެނުންނަށް ތަޢުލީމީ ފުރުޞަތުތައް ފޯރުކޮށްދިނުމުގެ ދާއިރާއިން ދިރާސާކުރާ މަރުކަޒުތަކާއި އިސްލާމީ ފަތުވާދޭ ކައުންސިލްތަކާއި، ސިޔާސަތުތައް ކަނޑައަޅުއްވާ ބޭފުޅުންނަށް، މަޝްވަރާތަކުގައި ބައިވެރިވެ، އިސްލާމީ ދުނިޔޭގައި އަންހެންނުންގެ ތަޢުލީމާއި ބެހޭގޮތުން ކުރިއަށް ދެވޭނެ މަގެއް ކަމުގައި މި ޕްލެޓްފޯމް ވެގެންދާނެއެވެ.
މީގެ އިތުރުން އިސްލާމީ ވަހުދަތު ފެތުރުމަށާއި މީސްތަކުން ދީނާމެދު ހޭލުންތެރިކުރުވުމަށް ބައިނަލްއަޤުވާމީ މި ޖަމާއަތުން އެހީތެރިވާނެއެވެ.