ENGLISH
21 އޭޕްރީލު 2025
ސަފާރީން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
10 ޖެނުއަރީ 2025
|
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން، -- ފޮޓޯ: އެމްއެންޑިއެފް
އަރިއަތޮޅު ދެކުނުބުރީ މިރިހި އައިލެންޑް ރިސޯޓްގެ ކައިރީގައި އޮތް "ނޯތު07" ސަފާރީން ކަނޑަށް ވެއްޓި ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ސަފާރީން ކަނޑަށްވެއްޓި ގެއްލިގެން ހޯދަމުން ދިޔައީ، ނ. ހޮޅުދޫ ސީވީޑް، އުމުރުން 35 އަހަރުގެ އަލީ އަރުޝަދެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، ރޭގެ ވަގުތެއްގައި ޑެކް މަތީގައި ހުއްޓާ އޭނާ ވެއްޓި، ސަފާރީގެ އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވާތަން ސަފާރީގެ ސީސީޓީވީން ވަނީ ފެނިފައެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުން ދިޔައީ ކުރަމުންނެވެ.
އެމްއެންޑިއެފުން ވިދާޅުވީ، ގެއްލުނު ދިވެހި މީހާގެ ހަށިގަނޑު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން، ކަނޑުގެ 69 މީޓަރު އަޑިން ހޯދާފައިވާ ކަމަށެވެ. އަދި ޑައިވަރުންގެ ޓީމުން، އެ މީހާގެ ހަށިގަނޑު، މިއަދު 15:35 ހާއިރު ލޯންޗަށް ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.