ENGLISH
21 އޭޕްރީލު 2025
މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ
10 ޖެނުއަރީ 2025
|
ރެޑިސަން ބްލޫ ރިސޯޓް. --ފޮޓޯ: ސޯޝަލް މީޑިއާ
މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ، އދ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އައި އާޖެންޓީނާގެ ރައްޔިތެކެވެ.
ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ، ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓުގެ މޫދުގައި އުޅެނިކޮށް ފަތުރުވެރިއެއްގެ ގައިގައި " އައިކޮމް ގްރީން" ކިޔާ ލޯންޗަކުން ޖެހުނު މައްސަލަ މިއަދު 10:00 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އުމުރުން 55 އަހަރުގެ އެ މީހާ މޫދުން ލޯންޗަށް އަރުވަން މަސައްކަތް ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ލޯންޗުން ޖެހި އެ މީހާގެ އަތާއި މޫނުގެ ބައެއް ވަނީ ވަކިވެފަ އެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލަ ތަހުޤީޤްކުރަމުން އަންނަ ކަމަށެވެ.
މިދިޔަ އަހަރު ވެސް، އ.ދ އަތޮޅުގެ ރަށެއްގައި މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗަކުން ޖެހިގެން ވަނީ މަރުވެފައެވެ.