ENGLISH
21 އޭޕްރީލު 2025
ރާއްޖޭގައި ޓެކްސީ ޚިދުމަތް ދެމުންދާ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ އަވަސް ރައިޑުން "އަވަސް އެޕް" ގެ ނަމުގައި މުޅިން އާ އެޕްލިކޭޝަނެއް ތައާރަފް ކުރަން މިރޭ ހުޅުމާލޭގައި ހަވާ އެރުވުމުގެ އިތުރުން ގިނަ ހަރަކާތްތަކެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މިރޭ 21:30 ގައި ހުޅުމާލޭގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށް ގައުމީ ދިފާއީބާރުން ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ހަވާއެރުވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މިއާއިއެކު ކުޑަކުދިންގެ ހަވީރެއް ވެސް މިއަދު ހަވީރު 16:00 އިން ފެށިގެން އިރުއޮއްސި 19:00 އަށް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މި އާއިލީ ހަވީރުގައި ރޮބޯމޭންގެ ޚާއްސަ ޝޯއެއް ވެސް އޮންނާނެކަމަށް އެފަރާތުން މައުލޫމާތުދެއެވެ.