ENGLISH

21 އޭޕްރީލު 2025

Advertisement

މާލެ ސިޓީ ކައުންސިލުގެ 2025 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށްފި

10 ޖެނުއަރީ 2025

|

ޢަލީ ޝާހީން

2025 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުގެ 2025 ވަނަ އަހަރުގެ ބަޖެޓް ފާާސްކޮށްފިއެވެ. 

މި ބަޖެޓް ފާސްކުރީ، މާލެ ސިޓީކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 178 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ. މި ޖަލްސާގައި 2025 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި ހިނގާނެ ޚަރަދުގެ ތަފުޞީލު ވަނީ ހުށަހަޅާފައެވެ. ދެހާސް ފަންސަވީސް ވަނަ އަހަރަށް ފާސްކުރި ބަޖެޓްގެ ޖުމުލައަކީ 487.2 މިލިއަން ރުފިޔާއެވެ.

ބަޖެޓާބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝް ވިދާޅުވީ، ޢާއްމުކޮށް މާލެ ސިޓީގައި ނުގެންގުޅޭ ބާވަތުގެ ވެހިލްތައް، މާލޭ ސިޓީ ކައުންސިލްގައި އެބަހުރި ކަމަށާއި އެ ފަދަ ވެހިލްކަލްތަކުގެ ބޭނުން ހިފުމަށް ކުންފުނިތަކާއި އަމިއްލަ ފަރާތްކުން އެދެމުންދާ ކަމަށެވެ. އެހެންވެ، އެފަދަ ވެހިލަކްތައް އިތުރަށް ހޯދައި، އެ ތަކެތި ކުއްޔަށްދީގެން މާލޭ ސިޓީ ކައުންސިލަށް ރަނގަޅު އާމްދަނީއެއް ލިބުމުގެ ފުރުޞަތު އޮތްކަން ފާހަގަ އޭނާ ކުރެއްވިއެވެ.

މީގެ އިތުރުން، ބަޖެޓާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، ކައުންސިލަރ މުޙައްމަދު ސައިފު ފާތިޙު، ވިދާޅުވީ، ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން، މާލޭ ސިޓީ ކައުންސިލަށް ދޭން، ޤާނޫނުގައި ކަނޑައަޅުއްވާފައިވާ މިންވަރު ނުލިބޭ ކަމަށެވެ.

ސައިފު ވިދާޅުވީ 2024 ވަނަ އަހަރަށް ވުރެ ދައުލަތުގެ ބަޖެޓް، އެތައް ތަނަކުން އިތުރުވި އިރު، ދައުލަތުގެ ބަޖެޓުން މާލޭ ސިޓީ ކައުންސިލަށް ދޭން ނިންމި ފައިސާގެ ޢަދަދު، 2024 ވަނަ އަހަރަށް ވުރެ، 2025 ވަނަ އަހަރު، 23 މިލިޔަން ރުފިޔާ މަދު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު